Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން

މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިން މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތްކަަމަށް ފުލުހުން އަންގާފައިވޭ: އެމްއެމްސީ

ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކަން ދިނުމަށް އެދިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2020 | އަންގާރަ 17:30
ރާއްޖެޓީވީގެ މައިކް - ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކަން ދިނުމަށް އެދިފައިވޭ

ރާއްޖެޓީވީގެ މައިކް - ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކަން ދިނުމަށް އެދިފައިވޭ

މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިން މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތްކަަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންގާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއާއި) އިން މިހާރު އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މިކަމަށް ސަމާލުވުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.

Advertisement - newsAdvertisement

މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެއުޅުން މަނާ ވަގުތުތަކުގައި ވެސް ނޫސްވެރިންނަށް، އެ ނޫސްވެރިޔަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކައުންސިލަށް ޔަޤީންކަން ދީފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މި ހާލަތުގައި ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށް އެ ކައުންސިލުން ވަނީ ބޭރުގައި އުޅޭއިރު އަބަދުވެސް މާސްކު އެޅުމަށާއި، އަތް ސާފުކޮށް ސެނިޓައިޒް ކުރުމަށް ހަނދާން ކޮށްދީފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެއްޓުމަށާއި، އެ ފާސް ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކޮށް، ވީހާވެސް ބޮޑަށް މަޢުލޫމާތު ކަށަވަރު ކުރުމަށްފަހު ޤައުމީ މަސްލަޙަތު އިސްކޮށް ޞައްޙަ މަޢުލޫމާތު ފެތުރުމަށް އެ ކައުންސިލުން ވަނީ ހުރިހާ މީޑިއާތަކަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު