Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންފަންޓީނޯގެ މައްޗަށް ކުރާ ތުހުމަތުތައް

"އެތިކްސް ކޮމިޓީގެ ނިންމުމަށް އިންފަންޓީނޯ އިހުތިރާމް ކުރާނެ"

އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް އަންނަނީ ބަލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2020 | އަންގާރަ 09:56
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފައި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފައި

ފީފާގެ އެތިކްސް ކޮމިޓީން ނިންމާ ކޮންމެ ނިންމުމަކަށްވެސް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިހުތިރާމް ކުރާނެ ކަމަށް ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލަސްޑެއާ ބެލް ވިދާޅުވެއްޖެއެވެ.

އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަމުން އަންނައިރު، ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރެއް ކަމުގައިވާ ސްޓެފަން ކެލާ ވިދާޅުވީ އެ ގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާ އާއެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިންފަންޓީނޯގެ މި މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ ވާހަކަތަކާ ބެހޭގޮތުން ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލަސްޑެއާ ބެލް ވިދާޅުވީ އެ ގޮތަށް ނިންމުމުގެ ބާރު އޮތީ ފީފާ އެތިކްސް ކޮމިޓީ އަތުގައި ކަމަށާއި މި ވަގުތަށް ބަލާއިރު ސަސްޕެންޑް ކުރަން ޖެހޭ ފަދަ ކަމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ކޮންމެ ގޮތެއް ވިޔަސް އެތިކްސް ކޮމިޓީން ނިންމާ ކޮންމެ ނިންމުމަކަށްވެސް އިންފަންޓީނޯ އިހުތިރާމް ކުރާނެ ކަމަށާއި، އެކަމަށް އެއްވެސް ވަރަކަށް ޝައްކެއް ނުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންފަންޓީނޯގެ މައްސަލައިގައި ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ މައްޗަށް ތަހުގީގު ކުރަމުން އަންނަނީ ޕަބްލިކް އޮފީހެއް ނަހަމު ގޮތުގައި ބޭނުންކުރުމާއި، ސިއްރިއްޔާތުގައި އޮފީހުގައި ބައްދަލުވުންތަކެއް ބޭއްވުމާއި، ޤާނޫނާ ޚިލާފަށް އަމަލުތަކެއް ހިންގުމުގެ އިތުރުން އެފަދަ ބަޔަކަށް އެހީތެރިވި މައްސަލަ ކަމަށެވެ.

މިކަމާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ލޯބާ އާއެކު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެކަމަކު އެއިން އެއްވެސް ބައްދަލުވުމެއްގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްބާރުލުން ދީފައިވެސް ނުވާނެ ކަމަށެވެ. އަދި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާގެ ރައީސް އިންފަންޓީނޯގެ މައްސަލައެއް ބަލަމުން އަންނައިރު، ފީފާގެ ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑުވެގެން އައީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ބްލެޓާ ސަސްޕެންޑް ކުރަންވެސް ނިންމިއެވެ.

އިތުރަށް ކިޔާލަން

30 ޖުލައި 2018

ކުޅެން ބޭނުންވި، ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން: ދަގަނޑޭ

30 ޖުލައި 2018
ކުޅެން ބޭނުންވި، ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން: ދަގަނޑޭ
22 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

22 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި
20 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

20 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ
03 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

03 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި
28 ޑިސެމްބަރު 2017

ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި

28 ޑިސެމްބަރު 2017
ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު