Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ކުޅެން ބޭނުންވި، ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން: ދަގަނޑޭ

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މުބާރާތުގައި ދަގަނޑޭ މޮޅު ކުޅުމެއް ދެއްކި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 ޖުލައި 2018 | ހޯމަ 10:37
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ޤައުމީޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ޤައުމީޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

އަންނަ ސެޕްޓެމްބަރު މަހު ބަންގަލްދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ބޭނުންވި ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުން ބާކީކުރި އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމްއިން ހޮނިހިރު ދުވަހު އާއްމުކުރި 30 ކުޅުންތެރިންގެ ސްކޮޑުން ދަގަނޑޭއަށް ފުރުސަތު ދީފައިނުވާއިރު އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. ދަގަނޑޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ އުއްމީދުގައި ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެމުބާރާތުގައި ކުޅެވޭނީ ކޯޗު ފުރުސަތު ދިނުމުން ކަމަށާއި ކޯޗު މިހާރު ނިންމާފައިވާ ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ.

ސްކޮޑް އިއުލާންކުރުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަރޓް ބުނީ ދަގަނޑޭއަށް ޓީމުން ފުރުސަތު ދީފައިނުވަނީ އައު ޖީލަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ދަގަނޑޭ ކުޅެން ބޭނުންވާ ކަމަށް ކޯޗުގެ ގާތުގައި ބުނެފައިނުވާ ކަމަށް ކޯޗު ހާމަކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އަޝްފާގަކީ ޤައުމީ ޓީމަށް ސަތޭކަ ޕަސެންޓް ދޭން ބޭނުންނުވާ ކުޅުންތެރިއެއް ކަމަށް ދޭހަވާ ކަހަލަ އެތަކެއް ވާހަކައެއް ޤައުމީޓީމުގެ ކޯޗު ވަނީ ދައްކާފައެވެ.

އެގޮތުންއެހެން ކޯޗުގެ ނިންމުމަކީ ހަމައެކަނި އަޝްފާގުގެ އުމުރާއި ގުޅިގެން ނިންމި ނިންމުމެއް ނޫންކަމަށާއި ގައުމީ ޓީމުން ފުރުސަތު ދޭނީ ގައުމަށް ސައްތައިން ސައްތަ ދޭން ބޭނުންވާ ކުޅުންތެރިންނަށް ކަމަށް ކޯޗު ބުނެފައިވެއެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރުނުވުމާއެކު އަޝްފާގު އެފަހަރުގެ ސްކޮޑުން ވަކިކުރިއެވެ. އެހެން ނަމަވެސް ކޯޗު އޭރު ބުނެފައިވަނީ އެއީ އެމެޗަށް ނިންމި ނިންމުމެއް ކަމަށާއި ކުރިޔަށް ހުރި މެޗުތަކުގައި ދަގަނޑޭއަށް ފުރުސަތު ދޭނެ ކަމަށެވެ.

އުމުރުގެ ސަބަބުން ދަގަނޑޭއަށް ފުރުސަތު ދީފައިނުވާއިރު 30 ކުޅުންތެރިންގެ ޕްރެލެމިނަރީ ސްކޮޑްގައި އޭނާއާއި އެއް އުމުރެއްގެ ބައެއް ކުޅުންތެރިން ވަނީ ހިމަނާފައެވެ.

ދަގަނޑޭ ވަނީ ރާއްޖޭގެ ގައުމީ ޓީމު 2008، 2009، 2011، 2013 އަދި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ތަމްސީލު ކޮށްފައެވެ.

ދަނގަޑޭގެ ފަރާތުން ޤައުމީޓީމަށް ސަތޭކަ ޕަސަންޓް ނުލިބޭކަމުގެ އިޝާރާތެއް ކޯޗު ދީފައިވާިއިރު، ރާއްޖޭގެ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަގަނޑޭއެވެ.

މީގެ އިތުރުން 20 ލަނޑާއެކު ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އަޝްފާގެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު