Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރަންވީރު ސިންގ

ރަންވީރު ސިންގ ޕްރޮޑިޔުސަރަކަށް، "މާ ކަސަމް ފިލްމްސް" ގެ ނަމުގައި ޕްރޮޑަކްޝަން ހައުސް އެއް

3 އޯގަސްޓު 2020 | ހޯމަ 13:24

ރަންވީރު ބޮލީވުޑަށް ނިކުތްތާ 10 އަހަރު މިއަހަރަށް ވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އޯގަސްޓު 2020 | ހޯމަ 13:24
ރަންވީރު ސިންގ

ރަންވީރު ސިންގ

މިއަހަރުގެ ޑިސެމްބަރ މަހަށް ބޮލީވުޑަށް ނިކުތްތާ 10 އަހަރު ފާހަގަކުރާ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ރަންވީރު ސިންގގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްތަކެއް އުފައްދާ ފިލްމުތައް އުފައްދަން ފަށާފަ އެވެ. އޭތެރޭގައި ރަންބީރު ކަބީރު، ޕްރިޔަންކާ ޗޮޕްރާ، އަނުޝްކާ ޝަރުމާ، ކަންގަނާ ރައުނަތު އަދި ރަންވީރުގެ އަންހެނުން ދީޕިކާ ހިމެނެއެވެ. އެހެންނަމަވެސް ރަންވީރު ބުނަމުންދިޔައީ ޕްރޮޑިޔުސަރަކަށް ވާން އޭނާ ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ކްރިއޭޓިވް ޕްރޮޑިޔުސަރ އަކަށްވާން ކަމަށެވެ. އަދި ޕްރޮޑިޔުސަރަކަށް ވެއްޖެނަމަ އޭނާގެ ފިލްމުތައް ޚާއްސަ ކުރާނީ ޓީނޭޖް ކުދިންނަށްކަމަށް ރަންވީރު ވަނީ މީގެކުރިން ދިން އިންޓަރވިއު އެއްގައި ބުނެފަ އެވެ.

އެހެންނަމަވެސް ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރަންވީރު އޭނާގެ މަންމަ އަންޖު ބަވާނީ އާއި ގުޅިގެން އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ރަންވީރު ޓު ދަ ޓީ- މާ ކަސަމް ފިލްމްސް ގެ ނަމުގައި ޕްރޮޑަކްޝަން ހައުސްއެއް އުފައްދާފައިވާކަން އެނގިފައިވާކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިފަދަ ނަމެއް އަމިއްލަ ޕްރޮޑަކްޝަން ހައުސްއަށް ދީގެން މަސައްކަތްކުރާނީ ހަމައެކަނި ރަންވީރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ ރަންވީރުގެ ހުންނަ ސަކަ މިޒާޖާ އެންމެންނާ ގުޅޭ ގޮތުންކަމަށް މީހުން ބުނެއެވެ. ރަންވީރުގެ ޕްރޮޑަކްޝަން ހައުސްއިން ބޮޑަށް އިސްކަންދޭނީ މަޖާ ބޮޑެތި ފިލްމުތަކެއް އުފެއްދުމަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި ޕްރޮޑަކްޝަން ހައުސް ނޫނަސް ރަންވީރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެހެން ޕްރޮޑަކްޝަން ހައުސްތައް އެބަހުއްޓެވެ. އެގޮތުން ރަންވީރުގެ އަންހެނުން ދީޕިކާ އެކުވެސް ޕްރޮޑަކްޝަން ހައުސްއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށްވެ އެވެ. އެހެންނަމަވެސް ދީޕީކާވެސް އަންނަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދާ ފިލްމުތައް ޕްރޮޑިޔުސްކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2018

އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

03 ފެބުރުއަރީ 2018
އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ
17 ޖެނުއަރީ 2018

ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި

17 ޖެނުއަރީ 2018
ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި
11 ޖެނުއަރީ 2018

 ޕަދްމާވަތުގައި ރަންވީރުގެ ފެނިލުން: ގޭމް އޮފް ތުރޯންސްގެ ކާލް ޑްރޯގޯ ފެނިލުމާއި އެއްގޮތް؟

11 ޖެނުއަރީ 2018
 ޕަދްމާވަތުގައި ރަންވީރުގެ ފެނިލުން: ގޭމް އޮފް ތުރޯންސްގެ ކާލް ޑްރޯގޯ ފެނިލުމާއި އެއްގޮތް؟
10 ޖެނުއަރީ 2018

ދީޕިކާ އާއި ރަންވީރު ގޯއާ އިން ގެއެއް ގަނެފި

10 ޖެނުއަރީ 2018
ދީޕިކާ އާއި ރަންވީރު ގޯއާ އިން ގެއެއް ގަނެފި
30 ޑިސެމްބަރު 2017

އާ އަހަރުގެ ޝޯއަށް މިކާ ސިންގް ރާއްޖެ އަތުވެއްޖެ

30 ޑިސެމްބަރު 2017
އާ އަހަރުގެ ޝޯއަށް މިކާ ސިންގް ރާއްޖެ އަތުވެއްޖެ
05 އޮކްޓޯބަރު 2017

އާމިރްހާން ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ގޮސްފި

05 އޮކްޓޯބަރު 2017
އާމިރްހާން ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ގޮސްފި
05 ސެޕްޓެމްބަރު 2017

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ
25 ޖުލައި 2017

ރަންވީރު ސިންހާ އެކު ރޯހިތު ޝެޓީ ފިލްމެއް ހަދަނީ

25 ޖުލައި 2017
ރަންވީރު ސިންހާ އެކު ރޯހިތު ޝެޓީ ފިލްމެއް ހަދަނީ
23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް