Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންފަންޓީނޯގެ މައްޗަށް ކުރާ ތުހުމަތުތައް

ތަހުގީގު ނިމެންދެން ރައީސްގެ މަގާމުގައި އިންފަންޓީނޯއަށް ހުރެވޭނެ

މައްސަލަ އިންފަންޓީނޯގެ މައްޗަށް ސާބިތުވުމާ ހަމައަށް އޭނާއަށް ރައީސްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2020 | ހޯމަ 10:52
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ތުހުމަތުތަކަށް އިންފަންޓީނޯ ވަނީ އިންކާރު ކުރައްވާފައި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ތުހުމަތުތަކަށް އިންފަންޓީނޯ ވަނީ އިންކާރު ކުރައްވާފައި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަމުން ގެންދިޔަ ކަމުގައިވިޔަސް، މައްސަލަ ނިމެންދެން އިންފަންޓީނޯއަށް ފީފާގެ ރައީސްގެ މަގާމުގައި ހުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފީފާއިން އޭޕީއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ އިންފަންޓީނޯގެ މައްޗަށް ސާބިތުވުމާ ހަމައަށް އިންފަންޓީނޯއަށް ރައީސްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށާއި، އަދި މައްސަލަ ސާބިތުވުމާ ހަމައަށް އިންފަންޓީނޯއަށް އެއްވެސް ކަހަލަ އަދަބެއް ނުދެވޭނެ ކަމަށެވެ.

އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަމުން އަންނައިރު، ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރެއް ކަމުގައިވާ ސްޓެފަން ކެލާ ވިދާޅުވީ އެ ގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާއެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ މައްޗަށް ތަހުގީގު ކުރަމުން އަންނަނީ ޕަބްލިކް އޮފީހެއް ނަހަމު ގޮތުގައި ބޭނުންކުރުމާއި، ސިއްރިއްޔާތުގައި އޮފީހުގައި ބައްދަލުވުންތަކެއް ބޭއްވުމާއި، ޤާނޫނާ ޚިލާފަށް އަމަލުތަކެއް ހިންގުމުގެ އިތުރުން އެފަދަ ބަޔަކަށް އެހީތެރިވި މައްސަލަ ކަމަށެވެ.

މިކަމާއި ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ލޯބާއާއެކު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެކަމަކު އެއިން އެއްވެސް ބައްދަލުވުމެއްގައި ޤާނޫނާއި ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްބާރުލުން ދީފައިވެސް ނުވާނެ ކަމަށެވެ. އަދި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާގެ ރައީސް އިންފަންޓީނޯގެ މައްސަލައެއް ބަލަމުން އަންނައިރު، ފީފާގެ ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑުވެގެން އައީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި ބްލެޓާ ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރަންވެސް ނިންމިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

08 ޑިސެމްބަރު 2017
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

11 އޮކްޓޯބަރު 2017
ދިވެހި ޕްރިމިއާ ލީގު ނިމެންދެން އިންޑިއާ ރެފްރީން ބޭނުންކުރަން ނިންމައިފި

ދިވެހި ޕްރިމިއާ ލީގު ނިމެންދެން އިންޑިއާ ރެފްރީން ބޭނުންކުރަން ނިންމައިފި

17 ސެޕްޓެމްބަރު 2017
ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ

ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ

02 ސެޕްޓެމްބަރު 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު