Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާސިރު ޔަހްޔާގެ މައްސަލަ

ޔާސިރު ޔަޙްޔާ މަރުވެއްޖެ

ޔާސިރަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2020 | އާދީއްތަ 12:12
ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ

ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ

ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ މަރުވެއްޖެއެވެ.

ޔާސިރު މަރުވެފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނީ، އޭނާ ނިޔާވެފައިވާނީ އާދިއްތަ ދުވަހުގެ ހަވީރު 16:25 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ ކެއުމަން އިންކާރުކޮށް ހާލު ސީރިއަސްވަމުންދިޔުމާއި ގުޅިގެންކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

ޔާސިރަށް މީގެ ކުރިން ހުޅުމާލެ ހުޅުމާލެ ހޮސްޕިޓަލުންވެސް ފަރުވާދިނެވެ.

ޔާސިރު ވަނީ މީގެ ކުރިން އޭނާގެ މެރިޖް ވިސާ ކެންސަލްކޮށް، ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އެގޮތުން ޔާސިރު މިގޮތަށް އެދިފައިވަނީ އޭނާ ބަންދުގައި ބަހައްޓާފައިވަ ގޮޅީގެ މާހައުލުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބި، ސިއްހަތަށް ގެއްލުންވަމުން ދާތީއާއި މައްސަލައަށް ގޮތެއް ނިންމަންދެން ބަންދުގައި ބަހައްޓަން ޖެހިއްޖެ ނަމަ ދައުވާ ކުރާ ފަރާތުގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ބަޔާންކޮށެވެ.

އެހެން ނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ބުނެފައެވެ.

ޔާސިރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވަނީ އޭނާ އަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ޖަލުތަކުގައި އުޅެފައިވާ މީހެއްކަމަށާއި ޓެރަރިޒަމާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަކަން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޔާސިރު ޔަހުޔާއަކީ ދުނިޔޭގެ "އޯޕަން މީޑިއާ" ގައި ޓެރަރިސްޓެއްގެ ގޮތުގައި ވާހަކަ ދެކެވޭ ފަރާތެއް ކަމަށާއި، ޓެރަރިޒަމާއި ގުޅުން ހުރި ބެކްގްރައުންޑު އޮތްކަން ދުނިޔޭގެ މީޑިއާއިންވެސް ސާފުކޮށް ފެންނަން އޮތް ކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އޭރު ވިދާޅުވީ، ޔާސިރު ޔަހުޔާ އަށް ރާއްޖެ ދޫކޮށް ދިއުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އޭނާ އެއްބާރުލުން ދީފައި ނުވާކަމަށެވެ. އަދި އޭނާގެ ވިސާ ކެންސަލް ކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ އޭރު ވިދާޅުވީ، އޭނާ ފުރަން ބޭނުންވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލަރއަށް ލިބިގެންވާ ބާރުގެ ދަށުން އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ޔާސިރު އަކީ މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދިޔަ މީހެކެވެ. ޔާސިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ދިމާކޮށެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައެވެ. ޔާސިރު މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

19 މާރިޗު 2017
ކޫއްޑޫއަށް ދިޔަ ފްލައިޓެއްގެ ތެރޭގައި މީހަކު މަރުވެއްޖެ

ކޫއްޑޫއަށް ދިޔަ ފްލައިޓެއްގެ ތެރޭގައި މީހަކު މަރުވެއްޖެ

16 މާރިޗު 2017
މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ

މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ

16 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ

އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު