Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓް އޮތޯރިޓީ، ކުރީގެ ސްޓަރ ސިނަމާ ހުރި އިމާރާތަށް ބަދަލުކޮށްފި

އަލުން ސަރުކާރު ހުޅުވޭއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލިބެމުންދާނީ އައު އޮފީހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 އޯގަސްޓު 2020 | އާދީއްތަ 07:06
ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުން

ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ކުރީގެ ސްޓަރ ސިނަމާ ހުރި އިމާރާތަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، އަލްހާ ޢީދު ބަންދަށްފަހު، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީ ހިންގަމުންދާނީ ކުރީގެ ސްޓަރ ސިނަމާ ހިންގި މ. ޗަނބޭލީވިލާގެ ފުރަތަމަ ފަންގިފިލާގައެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް އޮތޯރިޓީ މީގެ ކުރިން ހިންގަމުންދިޔައީ ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ. ނަމަވެސް އެތަނުގެ ޖާގައިގެ ދަތިކަމުގެ އިތުރުން، އެ ޢިމާރާތް ބައުކަމުގެ ޝަކުވާއަކީ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ޝަކުވާ އެކެވެ. ހާއްސަކޮށް، އެތަނުގައި ހިންގަމުންދާ ބައެއް އިދާރާތަކާއި އެއިދާރާތަކުން ހިދްމަތް ހޯދަންދާ ބައެއް ފަރާތްތަކުގެ ޝަކުވާ ބޮޑުކަން ފާހަގަކުރެވެއެވެ.

ކުރީގެ ސްޓާރ ސިނަމާ ހުންނަ އިމާރާތް މިހާރު ވަނީ ރަނގަޅު ފެންވަރަކަށް ހަދާފައެވެ. އެއިމާރާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ވެސް ހުރެއެވެ. މާފަންނު ކޮޅު، ސޯޝަލް ސެންޓަރ، ކައިރީ ހުންނަ މި އިމާރާތަކީ، ކުރިން ފިލްމީ ދާއިރާގައި ފިލްމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އަސްލަމް ރަޝީދުގެ އާއިލާގެ ގެއެއް ކަމަށް ވެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަކީ ރާއްޖޭގެ އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ވިލަރެސްކޮށް، އެފަދަ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތްކުރާ މައި އިދާރާއެވެ.

އެއްގަމާއި ކަނޑުގެ އުޅަނދުތައް ރެޖިސްޓްރީ ކުރުމާއި ލައިންސަންސް ދޫކުރުމާއި، ޓްރާންސްޕޯޓާ ގުޅޭ އެކިއެކި ހުއްދަތައް ދޫކުރަމުންދަނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. އެގޮތުން ޝިޕިން އެޖެންސީ ރެޖިސްޓްރީ ކޮށްދިނުމުގެ ހިދްމަތް ދެމުން ދަނީ ވެސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު