Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީ އާއި ރެއާލް ބައްދަލުކުރާ މެޗު

ޒިދާނަކީ މޮޅު ކޯޗެއް އަދި މޮޅު ކުޅުންތެރިއެއް: ގާޑިއޯލާ

ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ރަށުން ބޭރުގައި 2-1 ން ރެއާލްގެ މައްޗަށް ކުރިހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 1 އޯގަސްޓު 2020 | ހޮނިހިރު 11:00
ޒިނެދިން ޒިދާން (ކ) ޕެޕް ގާޑިއޯލާ (ވ): ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ސިޓީން ވަނީ ކާމިޔާބުކޮށްފައި

ޒިނެދިން ޒިދާން (ކ) ޕެޕް ގާޑިއޯލާ (ވ): ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ސިޓީން ވަނީ ކާމިޔާބުކޮށްފައި

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާނަކީ މޮޅު ކޯޗެއް އަދި މޮޅު ކުޅުންތެރިއެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ ޒިދާން އަކީ ފުޓްބޯޅަ ކުޅުންއިރު އެފަދަ ދެވަނައެއް ނެތް މިޑްފީލްޑަރެއް ކަމަށާއި އޭނާއާ ދެކޮޅަށް ކުޅޭ ކުޅުންތެރިން ޖެހިލުންވާނެ ކަމަށެވެ. އަދި މިހާރު ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައިވެސް ޒިދާން ފެނިގެންދަނީ ހަމަ އެގޮތަށް ކަމަށް ގާޑިއޯލާ ބުންޏެވެ.

ޒިދާންގެ ގައިގައި މޮޅު ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުރި ކަމަށް ބުނަމުން ގާޑިއޯލާ ބުނީ ޖެހިޖެހިގެން ތިން ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ކުރަން އުނދަގޫ ކަމެއް ކަމަށާއި، އެކަމަކު ޒިދާން މުޅި ދުނިޔެއަށް ދައްކައިދިނީ ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ވާނެ ކަމެއްކަން ކަމަށެވެ.

ސިޓީން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލާއި ދެކޮޅަށް ނުކުންނައިރު އެންމެ ވިސްނާނީ ޒިދާން މެޗުގެ ނަތީޖާ އަނބުރާލާން ބޭނުންކުރާނެ ޓެކްޓިސްއާ މެދު ކަމަށްވެސް ގާޑިއޯލާ ބުންޏެވެ. ރެއާލްގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ކަމަށާއި އެޓީމުގެ ކޮންމެ ކުޅުންތެރިއަކީވެސް ޗެމްޕިއަނެއް ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ރަށުން ބޭރުގައި 2-1 ން ރެއާލްގެ މައްޗަށް ކުރިހޯދާފައެވެ. އެހެންކަމުން އަންނަ މަހު ހަތްވަނަ ދުވަހު ސިޓީ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެންވެސް، ސިޓީއަށް ކުއާޓާފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.

ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، ކުއާޓާއާ ހިސާބުން މެޗުތައް ކުޅުމަށް ޔުއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު