Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު ކަޕް

ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީއަށް

1 އޯގަސްޓު 2020 | ހޮނިހިރު 07:24

މިއީ ޕީއެސްޖީން ފްރެންޗް ލީގު ކަޕް ކާމިޔާބުކުރި ނުވަވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އޯގަސްޓު 2020 | ހޮނިހިރު 07:24
ޕްރެންޗް ލީގު ކަޕްގެ ތަށި ޕީއެސްޖީން އުފުލާލަނީ: މިއީ ޕީއެސްޖީން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރު

ޕްރެންޗް ލީގު ކަޕްގެ ތަށި ޕީއެސްޖީން އުފުލާލަނީ: މިއީ ޕީއެސްޖީން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރު

ޕީއެސްޖީން ނުވަވަނަ ފަހަރަށް ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 6-5 ން ލިޔޯންގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ވައްދައިގެންނެވެ. އެގޮތުން 5،000 ސަޕޯޓަރުންނަށް ވަނީ މެޗު ބަލާލުމުގެ ފުރުސަތު ދީފައެވެ.

މި މެޗުގައި ޕީއެސްޖީއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެކަމަކު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ލިޔޯންގެ ރަފައެލްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ދެ ޓީމުން ފޮނުވާލި ފުރަތަމަ ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ލިޔޯނަށް މެޗު ގެއްލުނީ ބާޓްރަންޑް ޓްރައޯރޭ އަތުން ހަވަނަ ޕެނަލްޓީ ބޭކާރުވުމުންނެވެ. އެއާއެކު ޕީއެސްޖީގެ ޕަބްލޯ ސަރާބިއާ ވަނީ ހަވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ.

ނުވަވަނަ ފަހަރަށް ފްރެންޗް ލީގު ކަޕް ޕީއެސްޖީން ކާމިޔާބުކުރިއިރު، 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ސީޒަނަކު ބާއްވަމުން އަންނަ މި މުބާރާތް އަންނަ ސީޒަނުން ފަށައިގެން ނުބާއްވަން ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން މިހާރު ވަނީ ނިންމާފައެވެ.

މި ސީޒަނުގެ ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދިއިރު، އެޓީމުން ވަނީ މި ސީޒަނުގެ ފްރެންޗް ކަޕްގެ އިތުރުން ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ. އެޓީމަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ލިބުނީ ކޮވިޑް-19 އާ ގުޅިގެން ލީގު ކެންސަލް ކުރަން ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ނިންމުމާ ގުޅިގެންނެވެ. އަދި މިދިޔަ މިދިޔަ ހަފުތާގައި ވަނީ ފްރެންޗް ކަޕް ފައިނަލްގައި ސެއިން އެޓިއެން އަތުން މޮޅުވެ އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް