Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އެމެރިކާގެ ހާލަތު

ޖުލައި މަހު އެމެރިކާގައި ކޮވިޑް-19 ޖެހިގެން 25،000 މީހުން މަރުވި، 1.8 މިލިއަން މީހުންނަށް ވައިރަސް ޖެހުނު

ޖުލައި މަހު އެގައުމުގެ 18 ސްޓޭޓެއްގައި ކޮވިޑް-19 ޖެހޭ މިންވަރު ދެގުނަ މައްޗަށް ގޮސްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 އޯގަސްޓު 2020 | ހޮނިހިރު 01:42
ކޮވިޑް-19 ޖެހިފައިވާ މީހަކު ގެންދަނީ

ކޮވިޑް-19 ޖެހިފައިވާ މީހަކު ގެންދަނީ

ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާގައި ޖުލައި މަހު އެކަނިވެސް 25،000 މީހުން ވައިރަސް ޖެހިގެން މަރުވެފައިވާ ކަމަށް ރޮއިޓަރސް އިން ބުނެފި އެވެ.

ރޮއިޓަރސްގެ ޓެލީ އާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވަނީ ޖުލައި މަހު އެގައުމުގެ 18 ސްޓޭޓެއްގައި ކޮވިޑް-19 ޖެހޭ މިންވަރު ދެގުނަ މައްޗަށް ގޮސްފައިވާ ކަމަށެވެ. ކޭސްތައް މައްޗަށް ގޮސްފައިމިވަނީ އަވަސް އަރުވާލައިގެން ގައުމު ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި މިވަގުތު 4.5 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ޖުލައި މަހު އެކަނިވެސް 1.8 މިލިއަން މީހުންނަށް އެގައުމުގައި ވަނީ ވައިރަސްޖެހިފަ އެވެ. މިއީ 66 އިންސައްތައިގެ މަތިވުމެކެވެ. މީގެއިތުރުން ވައިރަސް ޖެހިގެން މަރުވާ ނިސްބަތްވެސް ވަނީ 19 އިންސައްތަ ޖުލައި މަހު މައްޗަށް ޖެހިލާފަ އެވެ. މިހާތަނަށް އައިއިރު އެގައުމުގައި ވައިރަސް ޖެހިގެން 152،000 މީހުން ވަނީ މަރުވެފަ އެވެ.

ޖުލައި މަހު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ފްލޮރިޑާ އާއި ކެލިފޯރނިއާ އަދި ޓެކްސަސްއިންނެވެ. ފްލޮރިޑާއިން ތިން ލައްކަ މީހުންނަށް ވައިރަސް ޖެހުނުއިރު ޓެކްސަސް އަދި ކެލިފޯރނިއާ މިއިން ކޮންމެ ސްޓޭޓަކުން ވަނީ 250،000 މީހުންނަށް ވައިރަސް ޖެހިފައެވެ. މިތިން ސްޓޭޓްގައި މީހުންނަށް ވައިރަސް ޖެހުނު ނިސްބަތް ޖޫން މަހުވެސް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެ ގުނަ މަތިވެފަ އެވެ.

މީގެއިތުރުން އަލްބާމާ، އަލަސްކާ، އެރިޒޯނާ، ޖޯރޖިއާ، ހަވާއީ، މިސިސިޕީ، މޮންޓާނާ، ނެވަޑާ، ހިމެނޭ ގޮތަށް 18 ސްޓޭޓަކުންވެސް ވަނީ ކޭސްތައް ފެންނަ މިންވަރު ދެގުނު މައްޗަށް ޖެހިފައެވެ.

މީގެކުރިން ކޭސްތައް އެންމެ ގިނައިން ފެންނަމުންދިޔަ ނިއު ޖަރޒީ އާއި ނިއު ޔޯކުން ކޭސްތައް ފެންނަ މިންވަރު ވަނީ ބޮޑުތަނުން ދަށަށްގޮސްފަ އެވެ. އެތަންތަނުގައި ކޭސްތައް ފެންނަ މިންވަރު މަތިވެފައިވަނީ 7 އިންސައްތައިގައެވެ.

އެމެރިކާއިން ވަނީ ޖުލައި މަހު މިހާތަނަށް އައިއިރު ގައުމަކުން ދުވާލެއްގެ މައްޗަށް ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެއީ ޖުލައި މަހުގެ 16 ވަނަ ދުވަހު 77،000 މީހުންނަށް އަލަށް ވައިރަސް ޖެހިގެންނެވެ.

ޖުލައި މަސް ތެރޭގައި އެގައުމުގެ 50 ސްޓޭޓްގެ ތެރެއިން 33 ސްޓޭޓަކުން ވަނީ ރިކޯޑް އަދަދަކަށް މީހުންނަށް އެއް ދުވަހާ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އަދި 24 ގަޑިއިރު ތެރޭގައި ރިކޯޑް އަދަދަކަށް މީހުން މަރުވެގެން 19 ސްޓޭޓަކުން ރިޕޯޓްކޮށްފައިވެއެވެ.

ވައިރަސް ޖެހޭ މީހުން އަދަދުތައް މައްޗަށް ދިޔުމަށްފަހު މިހާރު އެރިޒޯނާ، ފްލޮރިޑާ އަދި ޓެކްސަސްގައި ވައިރަސް ފެތުރޭ މިންވަރު ދަށަށްދާން ފަށާފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

އަނެއްކޮޅުން އެމެރިކާގައި ކޮވިޑް-19 އަދިވެސް ފެތުރެމުންދާއިރު އެގައުމުގެ އިގްތިޞާދަށް އަންނަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން އެގައުމުގެ ޖީޑީޕީ 32.9 އިންސައްތަ އަށް ވަނީ ދަށަށްގޮސްފަ އެވެ. މިއީ ގްރޭޓް ޑިޕްރެޝަން އަށްފަހު އެމެރިކާގެ އިގްތިޞާދު މިހާބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު