Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލްގައި އޮބާމަޔަންގެ ކުރިމަގު

އޮބާމަޔަން ބަދަލުވާން ބޭނުންވަނީ ރެއާލް ނޫނީ ބާސާއަށް

އޮބާމަޔަން ބޭނުންވަނީ ޔޫރަޕްގައި ކާމިޔާބު ހޯދޭނެ ބޮޑު ކްލަބަކަށް ބަދަލުވުމަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2020 | ހޮނިހިރު 08:34
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން: އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުން

އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން: އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާއިން ހުށަހެޅުމެއް ލިބިއްޖެނަމަ އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެ ކްލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޮބާމަޔަން މި ވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ފާރަލަމުން އަންނަ އުމުރުން 31 އަހަރުގެ އޮބާމަޔަން ހޯދުމަށް ޗެލްސީ އާއި ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޮބާމަޔަން ހޯދަން ބާސާއިން މަސައްކަތް ކުރި ނަމަވެސ،ް އެކަން ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އޮބާމަޔަންއަށް ބާސާއިން އަދިވެސް ޝައުގުވެރިވާ ކަމަށާއި، މި ސީޒަން ނިމުމުން އޭނާ ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާސެނަލް ދޫކޮށްލާނަމަ އޮބާމަޔަން ބޭނުންވަނީ ޔޫރަޕްގައި ކާމިޔާބު ހޯދޭނެ ބޮޑު ކްލަބަކަށް ބަދަލުވުމަށެވެ. އޭގެ ތެރޭގައި ބާސާ އާއި ރެއާލް ހިމެނެއެވެ.

އެކަމަކު އާސެނަލްގެ ކޯޗު އާޓެޓާ ވަނީ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗު އާސެނަލުން ކާމިޔާބުކޮށްފިނަމަ، އޮބާމަޔަން އެޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.

ގެބޮންއަށް އުފަން އޮބާމަޔަންގެ އެއްބެސްވުން އަންނަ އަހަރު ހަމަވާއިރު، އާސެނަލުން އޮބާމަޔަންއަށް އައު އެއްބަސްވުމެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއްނުވެއެވެ. މީގެ ކުރިން އޮބާމަޔަން ވަނީ އާސެނަލްގައި މަޑުކުރުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި، އެ ނިންމުން ވެގެންދާނީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު ނިންމުން ކަމަށް ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 63 މިލިއަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 108 މެޗުގައި 68 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު