Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިލްވާ ސިޓީ ދޫކޮށްލުން

ސިލްވާ ނެތްތަން ފޫބައްދަން އުނދަގޫވާނެ: ގާޑިއޯލާ

ވެލެންސިއާއިން 2010 ވަނަ އަހަރު ސިޓީއަށް ބަދަލުވި ސިލްވާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 31 ޖުލައި 2020 | ހުކުރު 13:39
މިޑްފީލްޑަރު ޑޭވިޑް ސިލްވާ: 10 އަހަރަށްފަހު ސިޓީ ދޫކޮށްލާން އޭނާ ވަނީ ނިންމާފައި

މިޑްފީލްޑަރު ޑޭވިޑް ސިލްވާ: 10 އަހަރަށްފަހު ސިޓީ ދޫކޮށްލާން އޭނާ ވަނީ ނިންމާފައި

މެންޗެސްޓާ ސިޓީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ޑޭވިޑް ސިލްވާ ނެތްތަން ފޫބެއްދުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

2010 ވަނަ އަހަރު ސިޓީއާ ގުޅުނު ސިލްވާ، އަންނަ ސީޒަނުގައި ސިޓީން ނުފެންނާނެކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

ގާޑިއޯލާ ބުނީ ސިލްވާގެ ފެންވަރުގެ ކުޅުންތެރިޔަކު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި، ސިލްވާ ދެއްކި ކުޅުން ސިޓީގެ ޖާޒީގައި އެހެން ކުޅުންތެރިޔަކު ދެއްކުން ވެގެންދާނީ ޗެލެންޖަކަށް ކަމަށެވެ. އަދި ސިލްވާ އަކީ މިޑްފީލްޑަރެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ހުރި މޮޅު މިޑްފީލްޑަރެއް ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ސިޓީގެ މިވަގުތު އަމާޒަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ސިޓީގެ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ކަމަށެވެ. ރެއާލަކީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ލަނޑު ދީފާނެ ކްލަބެއް ކަމަށާއި، ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށްވެސް ބުންޏެވެ.

ވެލެންސިއާއިން 2010 ވަނަ އަހަރު ސިޓީއަށް ބަދަލުވި ސިލްވާ ވަނީ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި އެފްއޭ ކަޕް ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. އަދި ވަނީ ސިޓީއަށް 395 މެޗު ކުޅެދީ އެ ޓީމަށް 70 ލަނޑު ޖަހާދީފައެވެ.

އުމުރުން 16 އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ ސިލްވާ ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ކުޅުނު 125 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް އެއް ފަހަރު އަދި ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު