Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތްތަކުގައި އަޅާފައިވާ ފިޔަވަޅުތައް

ދީނީ މިނިވަންކަމޭ ބުނެ، މިސްކިތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާ މީހުން އުޅޭ: މިނިސްޓަރ

މިސްކިތްތައް މޮނިޓަރ ކުރުމަށް މިނިސްޓްރީން ސުޕަވައިޒަރުން ހަމަޖެއްސެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2020 | ހުކުރު 01:49
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު- މިނިސްޓަރ ވަނީ ރައްޔިތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރައްވާފައި

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު- މިނިސްޓަރ ވަނީ ރައްޔިތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރައްވާފައި

ދީނީ މިނިވަންކަމޭ ބުނެ، ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯނުލަނބާ ބައެއް ފަރާތްތައް އުޅެމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިސްކިތްތައް މޮނިޓަރ ކުރުމަށް މިނިސްޓްރީން ސުޕަވައިޒަރުން ހަމަޖެއްސެވި ކަމަށެވެ. އެހެން ނަމަވެސް، މިސްކިތްތަކަށް ވަޑައިގަންނަވާ ބައެއް ބޭފުޅުން ދީނީ މިނިވަންކަމޭ ބުނެ، ފިޔަވަޅުތަކަށް ބޯނުލަނބާ މަންޒަރު ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ މިހާރުވެސް ފެންނަ ހިތާމަވެރި މަންޒަަރެއް ކަމަށާއި، މިސްކިތްތަކަށް ވަޑައިގަންނަވާއިރު ޚާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ގެއިން މުސައްލަ ގެންދިއުމާއި، މާސްކް އެޅުން ފަދަ ކަންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ބައެއް މީހުން މިސްކިތާ ހަމައަށް އަންނައިރު މާސްކް އަޅައިގެން އައި ނަމަވެސް، މިސްކިތަށް އެރުމަށްފަހު މާސްކް ނަގާ ޖީބަށްލާ މަންޒަރުވެސް ފެންނަކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެކަން އެހެން ނުކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ. އަދި ނަމާދު ކުރާއިރުވެސް ގެއިން މުސައްލަ ހިފައިގެން އައިސް، ގައިދުރުކަމަށް ސަމާލުކަން ދީގެން ނަމާދުގެ އަޅުކަން އަދާ ކުރެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިވަގުތުވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބައެއް ރައްޔިތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯނުލެނބުން ކަމަށެވެ. އެހެން ނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަކީ އެމީހެއްގެ އަމިއްލަ ނަފްސާއި، އެހެނިހެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަންވެސް އޭގައި އެކުލެވިގެންވާ ކަމެއްކަން ހަނދާން ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު