Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އިން ރައްކާތެރިވުން

ބޭރުތެރޭގައި އުޅޭއިރު މިހާރު މާސްކު އެޅުން މަޖުބޫރު

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް ފާއިތުވި ދެ ހަފްތާ ތެރޭގައި ވަނީ އިތުރުވާން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ޖުލައި 2020 | ބުރާސްފަތި 13:18
މާލޭ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފަދަނީ

މާލޭ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފަދަނީ

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް ފާއިތުވި ދެ ހަފްތާ ތެރޭގައި އިތުރުވަމުންދާތީ އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މިހާރު މަޖުބޫރު ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވި ނޭޝަނަލް ޓާސްކް ފޯސް މީޓިންގ އަށް ފަހު ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަލުން ލޮކްޑައުންއަކަށް ދިޔުމަކީ ހުރިހާ ރައްޔިތުން އެންމެ ބޭނުންވާ ގޮތް ނޫންކަމަށެވެ. އެހެންކަމުން ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށާއި ތަންތަނަށް ދިޔުން މަދުކުރުމަށް އަދި ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމަށް ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން މިކަން ހާމަކޮށްފައިމިވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މާސްކް އެޅުން މަޖުބޫރު ނުކުރެވޭނެ ސަބަބެއް މިވަގުތު ނެތް ކަމަށާއި، މާސްކް އެޅުން މަޖުބޫރު ކުރަން މިހާރު ވެސް ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި މަޝްވަރާތައްވެސް ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.

މާސްކު އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން ނިންމާފައިމިވަނީ އެކަމަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެފައިވަނީ މާސްކް އެޅުމަށް މިހާރުވެސް ގައިޑްލައިންތަކެއް އެކަށަ އެޅިފައިވާކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، މާސްކް އެޅުން މަޖުބޫރު ކުރަން ނުޖެހޭ ޙާލަތެއް މިވަގުތު އޮތް ކަމަށް އަމިއްލަފުޅަށް ވެސް ޤަބޫލު ނުކުރެއްވޭ ކަމަށެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 983 މީހުން އެބަތިބި އެވެ. މުޅި ޖުމްލަ 3568 މީހުންނަށް ވަނީ ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވެފަ އެވެ. އަދި 16 މީހުން ވަނީ މިހާތަނަށް އައިއިރު ނިޔާވެފަ އެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު