Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ އިސްތިހާރު ކުރުން

ސެލްޓަ ވީގޯ ޖާޒީގައި ޖަހާފައިވާ ރާއްޖޭގެ ނަން ބޮޑުކޮށްފި

އަންނަ ސީޒަނަށް އަލަށް އެ ކްލަބުން ނެރުނު ޖާޒީގައި ވަނީ ބޮޑުކޮށް "ވިޒިޓް މޯލްޑިވްސް" މިހެން ޖަހާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖުލައި 2020 | ބުރާސްފަތި 09:47
އަންނަ ސީޒަނަށް ނެރުނު ސެލްޓަގެ އައު ޖާޒީ: ރާއްޖޭގެ ނަން ވަނީ ބޮޑު ކޮށްފައި

އަންނަ ސީޒަނަށް ނެރުނު ސެލްޓަގެ އައު ޖާޒީ: ރާއްޖޭގެ ނަން ވަނީ ބޮޑު ކޮށްފައި

ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ސެލްޓަ ވީގޯގެ ޖާޒީގައި ޖަހާފައިވާ ރާއްޖޭގެ ނަން ބޮޑުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން ސެލްޓަ ވީގޯ ޖާޒީގައި ކުރިން ޖަހާފައިވަނީ "ވިޒިޓް މޯލްޑިވްސް" ލޯގޯއެވެ. އެކަމަކު އަންނަ ސީޒަނަށް އަލަށް އެ ކްލަބުން ނެރުނު ޖާޒީގައި ވަނީ ބޮޑުކޮށް "ވިޒިޓް މޯލްޑިވްސް" މިހެން ޖަހާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސެލްޓަ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 (ނުވަ ލައްކަ) ޑޮލަރު ރާއްޖެއިން ޚަރަދު ކުރާނެއެވެ. އަހަރުން އަހަރަށް ބަދަލު ގެނެވޭގޮތަށް ހެދި މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓަގެ ޖާޒީ އާއި ސްޓޭޑިއަމްގައި ރާއްޖޭ އިސްތިހާރު ކުރާނެއެވެ.

އެގޮތުން މީގެ ކުރިން ސެލްޓައިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސްޕެނިޝް ލީގުގައި ޖޫން މަހު ސެލްޓަ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ކުރިން ވަނީ ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ ކުރިން ސެލްޓަގެ ކުޅުންތެރިން ވަނީ ރާއްޖެ އިސްތިހާރު ކުރުމުގައި ބައިވެރިވެ ހާއްސަ މެސެޖެއް ދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސެލްޓަ އާއެކު އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ސެލްޓައިން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް އެކި ގޮތްގޮތުން އެހީވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް، އެ ކްލަބުގެ ޓްރެއިނިންގ ފެސިލިޓީތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓަގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީނުވުމުގެ ފުރުސަތުވެސް ފަހިކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް

30 އެޕްރީލު 2017
ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު