Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިލުފުށި ޓާފް ދަނޑުގެ މަސައްކަތް

ވިލުފުށި ޓާފް ދަނޑާއެކު އެ ރަށު ޒުވާނުންނަށް ހިތްހަމަޖެހުން

ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރީ އެމްޓީސީސީން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖުލައި 2020 | ބުރާސްފަތި 07:53
ތ. ވިލުފުށީގައި އެޅި ޓާފް ފުޓްބޯޅަ ދަނޑު

ތ. ވިލުފުށީގައި އެޅި ޓާފް ފުޓްބޯޅަ ދަނޑު

ތ. ވިލުފުށީގައި އެޅި ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ވިލުފުށީ ޓާފް ދަނޑުގެ މަސައްކަތް ނިންމާލިއިރު، އެންމެ ފުރަތަމަ އެ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ. އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީން ހަވާލުވެ، އިތުރު ފަރާތަކަށް ސަބް ކޮންޓްރެކްޓަށް ދޫކުރެވިގެން ކުރެވުނު ވިލުފުށީގެ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެމްޓީސީސީން ވަނީ އަންގާފައެވެ.

އެކަމަކު މަސައްކަތް ކޮށްފައި ހުރިގޮތުން އެ ދަނޑާ މެދު ރަށުގެ ޒުވާނުން ހިތްހަމަނުޖެހި ނުރުހުން ފާޅުކުރުމުން، ޖޫން މަހުގެ މެދުތެރޭގައި އެމްޓީސީސީން އަލުން ވަނީ އެ މަސައްކަތް ކޮށްފައެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކުރީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ބުދަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުނިމި ދިގުލައިގެންދިޔަ ވިލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި މަސައްކަތަށް ވިލުފުށީ ޒުވާނުންނާއި އެ ރަށު ކައުންސިލުން ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ. ވިލުފުށީ ޓާފް ދަނޑުގެ މަސައްކަތް ނިންމާލިއިރު، މީގެ ކުރިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ދަނޑުތައް އެޅުމަކީ، 2023 ވަނަ އަހަރު ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވާފައިވާ ރޭވުމަށް ލިބޭނެ ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2020

ހޮޅުދޫ ޓާފް ދަނޑަށް އެއްވެސް މައްސަލައެއް ދިމައެއް ނުވޭ: ވަޒީރު

07 ޖުލައި 2020
ހޮޅުދޫ ޓާފް ދަނޑަށް އެއްވެސް މައްސަލައެއް ދިމައެއް ނުވޭ: ވަޒީރު
04 ޖުލައި 2020

ގޮއިދޫ ޒުވާނުންނަށް ކައިޓް ސާފިންގ ކިޓް ހަދިޔާކޮށްފި

04 ޖުލައި 2020
ގޮއިދޫ ޒުވާނުންނަށް ކައިޓް ސާފިންގ ކިޓް ހަދިޔާކޮށްފި
16 ޖޫން 2020

ވިލުފުށި ޓާފް ދަނޑުގެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލެވޭނެ: މަހުލޫފް

16 ޖޫން 2020
ވިލުފުށި ޓާފް ދަނޑުގެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލެވޭނެ: މަހުލޫފް
26 މެއި 2020

ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

26 މެއި 2020
ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި
25 މެއި 2020

ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމަށް ވާނީ ލަފަޔަކަށް އެދިފައި: މަހުލޫފް

25 މެއި 2020
ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމަށް ވާނީ ލަފަޔަކަށް އެދިފައި: މަހުލޫފް
08 މެއި 2020

ނިލަންދޫ ފުޓްބޯޅަ ދަނޑު: ބަލާލަން ހިތްގައިމު ރީތި ޓާފް ދަނޑެއް!

08 މެއި 2020
ނިލަންދޫ ފުޓްބޯޅަ ދަނޑު: ބަލާލަން ހިތްގައިމު ރީތި ޓާފް ދަނޑެއް!
27 ޖެނުއަރީ 2020

އޭދަފުށީ ޓާފް ދަނޑު ދޫކުރުން މަޑުޖައްސާލައިފި

27 ޖެނުއަރީ 2020
އޭދަފުށީ ޓާފް ދަނޑު ދޫކުރުން މަޑުޖައްސާލައިފި
09 އޮކްޓޯބަރު 2019

އިންޓަރ ރިޒޯޓު ވޮލީބޯޅަ މުބާރާތް: ފައިނަލުގައި ބަނޑޮސް އަދި ރީތި ރަށުގެ ކުރިމަތިލުމެއް

09 އޮކްޓޯބަރު 2019
އިންޓަރ ރިޒޯޓު ވޮލީބޯޅަ މުބާރާތް: ފައިނަލުގައި ބަނޑޮސް އަދި ރީތި ރަށުގެ ކުރިމަތިލުމެއް
23 ޑިސެމްބަރު 2017

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި

23 ޑިސެމްބަރު 2017
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް