Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ކަލިއާރީން ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފި

30 ޖުލައި 2020 | ބުރާސްފަތި 07:25

ޔުވެންޓަސް އަތުން ކަލިއާރީ މޮޅުވީ 2-0 ން

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖުލައި 2020 | ބުރާސްފަތި 07:25
ކަލިއާރީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ކަލިއާރީ މޮޅުވީ 2-0 ން

ކަލިއާރީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ކަލިއާރީ މޮޅުވީ 2-0 ން

ކަލިއާރީން އިޓާލިއަން ލީގުގައި ޗެމްޕިއަން ޖެހިޖެހިގެން ނުވަ ފަހަރު ހޯދާފައިވާ ޔުވެންޓަސް ބަލިކޮށްފިއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސްގެ މައްޗަށް ކަލިއާރީން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ކަލިއާރީގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ޔުވެންޓަސްގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ ގަލިއާނޯއެވެ.

މި ލަނޑާއެކު ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ކަލިއާރީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަލާރީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮވާނީ ސިމިއޯނީއެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްއިން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރި ނަމަވެސް، ކަލިއާރީން ވަނީ ޔުވެންޓަސްއިން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ހުއްޓުވާފައެވެ.

މީގެ އިތުރުން ޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ބްރެޝިއާ އަތުން ލާޒިއޯ 2-0 ން މޮޅުވި މެޗުގައި ލަނޑު ޖަހައި އިޓަލީ ފޯވާޑް ޗީރޯ އިމޮބިލޭ ވަނީ ޔޫރަޕްގެ ރަންބޫޓް ހޯދުމުގެ ރޭހުގެ ކުރިއަށް އަރާފައެވެ.

ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ މި އެވޯޑް ހޯދުމުގެ ރޭހުގެ ކުރީގައި މީގެ ކުރިން އޮތީ 34 ލަނޑު ޖަހައިގެން ޖަރުމަންގެ ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އެކަމަކު ބުދަ ދުވަހުގެރޭ ކާމިޔާބުކުރި ލަނޑާއެކު އިމޮބިލޭ ވަނީ 35 ލަނޑު ހަމަކޮށް އެއްވަނައަށް އަރާފައެވެ.

ޖަރުމަން ލީގު ނިމިފައިވާތީވެ ލެވަންޑޯސްކީއަށް ދެން ވާދަކުރެވޭނެ ގޮތެއް ނެތެވެ. އެކަމަކު އިމޮބިލޭ ފަހަތަށް ޖައްސާލައި ފަސްވަނަ ފަހަރަށް އެވޯޑް ހޯދުމުގެ ފުރުސަތު ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެބައޮތެވެ. އޭނާ މިހާތަނަށް ވަނީ ލީގުގައި ޖުމްލަ 31 ލަނޑު ކާމިޔާބުކޮށްފައެވެ.

ބުދަ ދުވަހުގެރޭގެ ނަތީޖާތަކާއެކު ޗެމްޕިއަން ޔުވެންޓަސް އެއްވަނައިގައި އޮތީ 37 މެޗުން 83 ޕޮއިންޓާއެކުއެވެ. 37 މެޗުން 79 ޕޮއިންޓާއެކު އިންޓަ މިލާން ދެވަނައިގައި އޮތްއިރު، އެޓަލާންޓާ ތިންވަނައިގައި އޮތީ 37 މެޗުން 78 ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގައި އޮތް ލާޒިއޯއަށްވެސް 37 މެޗުން 78 ޕޮއިންޓު ލިބިފައިވާއިރު، އެޓަލާންޓާއަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް