Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރި އަސަރު

މިދަތިކަމުން އަރައިގެނެވޭނެ ކަމުގެ އުންމީދު އެބައޮތް: ރައީސް ނަޝީދު

30 ޖުލައި 2020 | ބުރާސްފަތި 03:15

ދެވަނަ ފުރަބަންދަކަށް ދިއުމަށް ތާއީދެއް ނުކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2020 | ބުރާސްފަތި 03:15
ރައީސް ނަޝީދު، ބައެއް ރައްޔިތުންގެ މަސައްކަތްތައް ބައްލަވާލައްވަނީ

ރައީސް ނަޝީދު، ބައެއް ރައްޔިތުންގެ މަސައްކަތްތައް ބައްލަވާލައްވަނީ

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރެއް ކޮށްފައިވީ ނަމަވެސް މިދަތިކަމުން އަރައިގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި ދެވަނަ ފަހަރަށް ފުރަބަންދަކަށް ގޮސްފިނަމަ ދިވެހިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި، ދެވަނަ ފުރަބަންދަކަށް ދިއުމަށް ތާއީދު ނުކުރާ ކަމަށެވެ. އަދި އެއީ ހައްލު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ނަޝީދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް އުޅުން މިދަނޑިވަޅުގައި އުޅުން މުހިންމު ކަމަށެވެ. އަދި އެބޭފުޅުން ކުރާ މަސައްކަތްތަކަށް ވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް ނަޝީދު ގޮވާލެއްވިއެވެ.

ނަޝީދު ވިދާޅުވީ ފުރަބަންދަށް ގޮސް ބޯޑަރުތައް ބަންދު ކުރުމަކީ ހައްލު ނޫން ކަމެވެ. އަދި ވިދާޅުވީ ނަޝީދު ވިދާޅުވީ ވިކުރާގައި އެއްޗެއް ލިޔެގެން ނުނީ ވަތްގަނޑަށް އެއްޗެއް ނުވަންނާނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު އުފެދިފައި މިވަނީ އިގްތިސާދީ ގޮތުން ވަރަށް ގިނަ އަދި ތަފާތު ބާވަތްތަކުގެ ވައުދާއެކުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އޭގެ ތެރޭގައި މަސްވެރިކަމަށް ޚާއްސަކޮށް ގޭދޮށު މަސްޕްލާންޓް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އެގޮތުން މިހާރު ތިން ގޭދޮށު މަސްޕްލާންޓް އެކިއެކި ރަށްރަށުގައި ގާއިމް ކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން މަސް ވިއްކާ އަގު ރަނގަޅުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ ނިޒާމެއް ގާއިމް ކުރަމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލްތައް މެދުވެރިކޮށް އެރަށެއްގެ އިގްތިސާދު ކުރި އެރުވުމަށް ވެސް މަސައްކަތް ކުރާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މުޅިދުނިޔޭގެ އިގްތިސާދަށް ހީނަރުކަން އައިސްފައިވާއިރު، ރާއްޖެއަށް ވެސް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަޝީދު ވިދާޅުވީ ވަރަށް ބޮޑުތަނުން ދަތިވެ ހީނަރުކަން ހުރިހާ ދިމާލަކަށް ވެސް އައިސްފައިވާ ކަމަށެވެ. ނަމަވެސް މިދަތިކަމުން އަރައިގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް