Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާގެ ފިޓްނަސް ޕާޓްނަރަކަށް ބޮޑީޓެކް

މާޒިޔާގެ ފިޓްނަސް ޕާޓްނަރަކަށް ބޮޑީޓެކް ހަމަޖައްސައިފި

29 ޖުލައި 2020 | ބުދަ 13:37

މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖުލައި 2020 | ބުދަ 13:37
މާޒިޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާޒިޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފިޓްނަސް ޕާޓްނަރަކަށް ބޮޑީޓެކް ޖިމް ހަމަޖައްސައިފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މާޒިޔާއިން ވަނީ ބޮޑީޓެކް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މާޒިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗެއާމަން އަބްދުﷲ މޫސާއެވެ. އަދި ބޮޑީޓެކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުސައިދެވެ. މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މާޒިޔާގެ ބޯޑް މެންބަރު އަދި މީޑިއާ އޮފިޝަލް ޝިފާން ރައޫފް ވިދާޅުވީ މި އެއްބަސްވުމާއެކު މާޒިޔާގެ ޖިމް ސެޝަންތައް ކުރިއަށްދާނީ ބޮޑީޓެކްގައި ކަމަށެވެ. އަދި ބޮޑީޓެކާއެކު މި އެއްބަސްވުމުގައި މާޒިޔާއިން ސޮއިކުރި މައިގަނޑު ސަބަބަކީ ބޮޑީޓެކަކީ މިވަގުތު މާލޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ޖިމް ކަމުގައި ވުމުން ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މާޒިޔާގެ ޓްރެއިނިންގ ޖާޒީގައި ބޮޑީޓެކްގެ ލޯގޯ ފެނިގެންދާނެ ކަމަށާއި، ބޮޑީޓެކްގެ އިސްތިހާރުތަކުގައި މާޒިޔާގެ ބޮޑު އެހީއެއް ލިބޭނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ބޮޑީޓެކްގެ މެނޭޖިންގ ޑިރެކްޓަރު މުސައިދު ވިދާޅުވީ މާޒިޔާއާއެކު މި އެއްބަސްވުމުގައި ސޮއިކުރި މައިގަނޑު ސަބަބަކީ މާޒިޔާއަކީ އެންމެ ވަރުގަދަ މެނޭޖުމަންޓް އޮތް ކްލަބުކަމުގައި ވުމުން ކަމަށެވެ.

މާޒިޔާއިން މިވަގުތު އެންމެ އިސްކަމެއް ދީގެން ތައްޔާރުވަމުން އަންނަނީ އޭއެފްސީ ކަޕަށެވެ. އެގޮތުން އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ އިތުރުން ޓީމުގެ ކޯޗަކަށް މުޙައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ހަމަޖައްސާފައެވެ.

މިފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ފަހަނައަޅައި ގްރޫޕް ސްޓޭޖުން މާޒިޔާ ޖާގަ ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގައި އެގައުމުގެ ޗެންނާއި ސިޓީ އެފްސީއާ މާޒިޔާ ވަނީ 2-2 ން އެއްވަރުކޮށްފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް މިހާރު ވަނީ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ކުޅޭ ގޮތަށް ނިންމާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2017

މިނިވަން ޗެމްޕިއަންޝިޕް: ފައިނަލް ބުރު ކުޅުދުއްފުށި އަދި ތިނަދޫގައި ކުޅޭ ގޮތަށް ހަމަޖައްސައިފި

21 ޖޫން 2017
މިނިވަން ޗެމްޕިއަންޝިޕް: ފައިނަލް ބުރު ކުޅުދުއްފުށި އަދި ތިނަދޫގައި ކުޅޭ ގޮތަށް ހަމަޖައްސައިފި
11 ޖޫން 2017

ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި

11 ޖޫން 2017
ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
04 އެޕްރީލު 2017

ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި

04 އެޕްރީލު 2017
ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް