Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިޓީގެ ސަސްޕެންޝަން އުވާލުން

ސިޓީގެ ސަސްޕެންޝަން ދަމަހައްޓަން ނުވަ ކްލަބަކުން މަސައްކަތް ކުރި

ސީއޭއެސްއިން ވަނީ ސިޓީގެ ސަސްޕެންޝަން އުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 ޖުލައި 2020 | ބުދަ 09:15
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔުއެފާއިން މެންޗެސްޓާ ސިޓީއަށް ދިން ސަސްޕެންޝަން ދަމަހައްޓަން އިނގިރޭސި ޕްރިމިއާ ލީގުގެ ނުވަ ކްލަބަކުން މަސައްކަތް ކުރިކަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ން ހާމަކޮށްފިއެވެ.

ފެބްރުއަރީ މަހު ޔުއެފާއިން ވަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައި ވާތީ އެ ކްލަބު ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑް ކުރަން ނިންމާފައެވެ. މީގެ އިތުރުން ޔުއެފާއިން ވަނީ އެޓީމު 30 މިލިޔަން ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.

މި މައްސަލަ ސިޓީން ސީއޭއެސްގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށްފަހު އެ ކޯޓުން ވަނީ ސިޓީގެ ސަސްޕެންޝަން އުވާލާފައެވެ. އަދި ވަނީ ސިޓީގެ ޖޫރިމަނާ 30 މިލިޔަން ޔޫރޯއިން 10 މިލިޔަން ޔޫރޯއަށް ކުޑަކޮށްދީފައެވެ.

މި މައްސަލަ ބެލި ސީއޭއެސްގެ ޕެނަލުން ބުނީ ޔުއެފާގެ ތަހުގީގަށް އެއްބާރުލުން ދީފައިނުވި ނަމަވެސް، އެފްއެފްޕީ ގަވާއިދާ ސިޓީން ޚިލާވުފެއިނުވާ ކަމަށެވެ. އަދި ސިޓީގެ ސަސްޕެންޝަން ދަމަހައްޓަން ޕްރިމިއާ ލީގުގެ ނުވަ ކްލަބަކުން ޔުއެފާގައި އެދުނުކަން ސީއޭއެސްއިން ވަނީ ހާމަކޮށްފައެވެ. އެ ކްލަބުތަކަކީ އާސެނަލް، ބާންލީ، ޗެލްސީ، ލެސްޓާ ސިޓީ، ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑް، ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާ އަދި ވުލްވްސްއެވެ.

މީގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީގެ އަގު ވައްޓާލަން މަސައްކަތްކުރި މީހުން، ސިޓީގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައެވެ. ގާޑިއޯލާ ބުނީ ސިޓީގެ އަގު ވައްޓާލައި، ސިޓީއާ ދެކޮޅަށް ވާހަކަ ދެއްކި މީހުން މާފަށް އެދެން ޖެހޭނެ ކަމަށާއި، އިސްތިއުނާފުގެ މައްސަލަ ސިޓީއާ އެއްކޮޅަށް ނިމުމުން، އެއިން އެނގިގެންދަނީ ސިޓީގެ ކުށެއް ނެތްކަން ކަމަށެވެ.

އެކަމަކު ސިޓީގެ ސިޓީގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެ ދެ ކޯޗުން ބުނީ އެފްއެފްޕީ ގަވާއިދުގައިވާ ކަންތައްތަކާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ބަލަން ޔުއެފާއިން ކުރާ މަސައްކަތް ބަލިކަށިކޮށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ގަވާއިދެއް ހެދިފައިވާނަަމަ އޭގެ ބާރެއް ނެތި ބޭނުން ބަޔަކަށް ވަކި އުސޫލުތަކެއްގެ ތެރެއިން ސަލާމަތްވެވޭނަމަ އެ ގަވާއިދެއްގެ ބޭނުމެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު