Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމް

ދަނޑުވެރި ނަފާ: މިހާތަނަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި

ލޯނު މިހާތަނަށް 25 ފަރާތަށް ދޫކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 ޖުލައި 2020 | ހޯމަ 10:35
ދަނޑުވެރި ނަފާ ދަނޑުވެރިކަމުގެ ލޯން ޕްރޮގްރާމުގެ %30 ޚާއްސަކޮށްފައިވަނީ ދަނޑުވެރި އަންހެނުންނަށް

ދަނޑުވެރި ނަފާ ދަނޑުވެރިކަމުގެ ލޯން ޕްރޮގްރާމުގެ %30 ޚާއްސަކޮށްފައިވަނީ ދަނޑުވެރި އަންހެނުންނަށް

ދަނޑުވެރިންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ނަފާ ލޯން ސްކީމު, " ދަނޑުވެރި ނަފާ" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން ޒަހާ ވިދާޅުވީ މި ލޯން ސްކީމްގެ ދަށުން މިހާތަނަށް ހަތް މިލިއަން ތިން ލައްކަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން އެސްޑީއެފްސީ ބޭންކު މެދުވެރިކޮށް ދޫކުރާ މި ލޯނު މިހާތަނަށް 25 ފަރާތަށް ދޫކޮށްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

18 މާޗް 2019 ވަނަ އަހަރު ފަށާފައިވާ ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ 30 އިންސައްތަ ދޫކޮށްފައިވަނީ ދަނޑުވެރި އަންހެން ކަނބަލުންނަށް ކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ ދަނޑުވެރިކަން ކުރާ ރަށްރަށުގައި ގާއިމުވެ ތިބެ، ދަނޑުވެރިންނަށް ލިބޭ ފަންނީ އެހީތެރިކަން ކައިރިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި ދަނޑުވެރިން ތަމްރީނު ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ހޮވާލެވުނު ހަ ރަށަކުން، މީހަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ވެސް ބައިވެރިކޮށްފައިވާނެ ކަމަށެވެ. އަދި މިފަދަ އިތުރު ތަމްރީނުތައް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް މިހާރު ވެސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ދަނޑުވެރިކަމާ ގުޅުން ހުރި ތަފާތު އެކިއެކި މަސައްކަތްތައް ކުރުމަށް ލޯނު ދޫކުރާއިރު، ދަނޑުވެރި ނަފާ ލޯނު ސްކީމުން ކޯޕަރޭޓް ނުވަތަ ކުންފުންޏަކަށްނަމަ ދެ މިލިއަން ރުފިޔާ އަދި އަމިއްލަ ފަރުދަކަށް ނަމަ ފަސް ލައްކަ ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަކީ ގުޑް އެގްރިކަލްޗަރ ޕްރެކްޓިސްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ، މާކެޓުކުރަމުން ގެންދާ ތަކެއްޗަށް ހެދުމަށްޓަކައި ދަނޑުވެރިންނަށް އަމާޒުކޮށްގެން މިއަހަރުގެ މިހާތަނަށް 21 ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްތަކުން ޖުމްލަ 1190 ދަނޑުވެރިން ތަމްރީނު ކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު