Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާ ޔުވެންޓަސްއިން ރިކޯޑު ގާއިމުކޮށްފި

26 ޖުލައި 2020 | އާދީއްތަ 22:48

ސަމްޕްޑޯރިއާ އަތުން ޔުވެންޓަސް މޮޅުވީ 2-0 ން

އަތޫފް އާތިފް
އަތޫފް އާތިފް | 26 ޖުލައި 2020 | އާދީއްތަ 22:48
ޔުވެންޓަސް އާއި ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މޮޅާއެކު ޔުވެންޓަސްއިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި

ޔުވެންޓަސް އާއި ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މޮޅާއެކު ޔުވެންޓަސްއިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ހޯދާ ޔުވެންޓަސްއިން ޔޫރަޕްގެ ރިކޯޑެއް ގާއިމުކޮށްފިއެވެ.

ޔޫރަޕްގެ ބޮޑު ފަސް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗު ލީގުގައި މިހާތަނަށް ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ޔުވެންޓަސްއިންނެވެ. ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާ ޔުވެންޓަސްއިން ރިކޯޑު ގާއިމުކުރިއިރު، ބަޔާން މިއުނިކުން ވަނީ މި ސީޒަނުގެ ޖަރުމަން ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޔުވެންޓަސްއިން ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ކްލަބުގެ ތާރީޚުގައި އިޓާލިއަން ލީގު ކާމިޔާބުކުރި 36 ވަނަ ފަހަރެވެ.

ޔުވެންޓަސްއިން މި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސަމްޕްޑޯރިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗު ފަށައިގެން ސަމްޕްޑޯރިއާއިން ޔުވެންޓަސްގެ ގޯލަށް ނުރައްކާކުރި ނަމަވެސް، ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ސަމްޕްޑޯރިއާގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން ޔުވެންޓަސްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ސަމްޕްޑޯރިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މި މެޗުގައި ޔުވެންޓަސްއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު މިރަލެމް ޕިޔަނިޗްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ފެޑަރީކޯ ބެނާޑެޝީ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑަށްފަހުވެސް ޔުވެންޓަސްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުވެންޓަސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ.

މި މޮޅާއެކު ޔުވެންޓަސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު 36 މެޗުން 83 ޕޮއިންޓް ހޯދއިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 36 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް