Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން ދުވަހުގެ ހިތާބު

ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖޭގައި އަތް ގަދަކުރުމަށް މަސައްކަތް ކުރިޔަސް، ރައްޔިތުންނާއި ސިފައިން ރާއްޖޭގެ މިނިވަންކަން ދޫކޮށްނުލާނެ: ރައީސް ނަޝީދު

ދިވެހިން އަތުން މިނިވަންކަން ގުޑުވާލެވޭނެ ވަކި އިތުރު ބާރެއް ނުވަތަ ގޮތެއް ނެތް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 26 ޖުލައި 2020 | އާދީއްތަ 08:10
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސިފައިން ތިބީ މިނިވަންކަން ކުޑަ މިންވަރަަކަށްވެސް ދޫކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި އިންޑިއާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ވަރުގަދަކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހިންގެ މިނިވަންކަން އަބަދުވެސް ދިވެހިން ހިފަހައްޓާނެކަމުގެ އެއްވެސް ޝައްކެއް ނުއުފެދޭ ކަމަށާއި ދިވެހިން އަތުން މިނިވަންކަން ގުޑުވާލެވޭނެ ވަކި އިތުރު ބާރެއް ނުވަތަ ގޮތެއް ނެތް ކަމަށެވެ.

ރާއްޖޭގައި ތަފާތު ފިކުރުތައް އުފެދިގެން ދާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއް ދައުލަތެއްގެ ގޮތުގައި އަރަބި ކަރައިގައި އުފެދޭ ރޫހުގެ ތެރެއަށް ދިވެހި ދައުލަތް ގެންދިއުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތަފާތު ޓެރެރިސްޓް ޖަމާއަތްތަކުން، ރާއްޖެ އަކީ އެމީހުންގެ ދައުލަތުގެ ގޮތުގައި ހިންގާ ތަނެއްގެ ގޮތުގައި ހެދުމަށް ރާއްޖޭގައި ނެޓްވޯރކްތައް ހިންގާ ކަމަށާއި ރައްޔިތުންނާއި ދިވެހި ސިފައިން ތިބީ ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަަކަށް ވެސް ދޫކުރުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

ރައިސް ނަޝީދު ވިދާޅުވީ އިންޑީއާ ކަނޑު ސަލާމަތްކޮށް، ރާއްޖޭގެ މަސްލަހަތު ފަހިވާ ގޮތަށް އޮތީ ކަނޑު ބޭނުން ކޮށްގެން ވިޔަފާރި ކުރާ ، ކަނޑުގެ އައްސޭރީގައިވާ ރަށްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، ރާއްޖެއަކީ އޭގެތެރެއިން ބޮޑު އެއް ރަށްކަމަށާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަބަދުވެސް އަމަލު ކުރަންޖެހޭނީ ބުއްދިވެރިކަމާއިއެކު ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ އައްސޭރިން ބޭރުން ކަނޑުގެ ތެރެއަށް ވަދެ ގަދަކުރުން އެއްވެސް ގައުމަކަށް ދޫކޮށްފިނަމަ ކަންތައް ވެފައިވާގޮތް ސާފުކޮށް ތާރީހުން ފެންނަން އެބައޮތް ކަމަށެވެ.

އިންޑިއާ ކަނޑުގައި ސުލްހަ މަސްލަސްކަން ގާއިމުކޮށް އަންނަ ހަމަލާތަކުން ސަލާމަތްވުމަށް ފާރަވެރިވެ ތިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ނަޝީދު މީގެކުރީން ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު