Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް މެނޭޖްމަންޓް ފެސިލިޓީ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި

އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖުލައި 2020 | އާދީއްތަ 02:26
ލ ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ

ލ ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ

އައްޑޫ ސިޓީ އާއި ޏ. ފުވައްމުލައް އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މިކަމަށްޓަކައި ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ކޮވިޑް-19 އާ ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެތެރެއިން ލ ގަމާއި ގއ. ވިލިގިނލީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ވަނީ މިމަހުގެ 21 ވަނަ ދުވަހު ހުޅުވާފައެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ވަނީ ބ. އޭދަފުށި އަދި ށ. ފޮނަދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވާލާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިވަނީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށް ނިންމާފައެވެ.

Advertisement - newsAdvertisement

އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން، ލ. ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ،ފ،ދ،ތ،ލ އަތޮޅުގެ ރަށްތަކަށެވެ. ގއ އަދި ގދ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. ނ،ރ،ބ އަދި ޅ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ބ. އޭދަފުށީގައެވެ. ހއ،ހދ އަދި ށ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ށ. ފުނަދޫގައެވެ. އަދި ޏ،ސ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މި ފެސިލިޓީތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އާއި 30 އައިސޮލޭޝަން އެނދު ހުންނާނެއެވެ. އަދި މިތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި ބަލީގައި ހާލު ބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު