Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޙިޔާނާތުގެ ތަހުޤީޤު

"އެމްއެމްޕީއާރުސީގެ ޙިޔާނާތާ ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައެއް ނެތް"

މަހްލޫފްގެ މައްޗަށް ދައުވާކުރަން އުޅޭކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2020 | ހޮނިހިރު 08:23
މިނިސްޓަރ މަހުލޫފު 2 މަސް ވަންދެން ސަސްޕެންޝަންގައި ހުންނެވުމަށްފަހު، އަނބުރާ އޮފީހަށް ވަޑައިގަތުމުން އޮފީހުން މަރުޙަބާ ކިޔަނީ

މިނިސްޓަރ މަހުލޫފު 2 މަސް ވަންދެން ސަސްޕެންޝަންގައި ހުންނެވުމަށްފަހު، އަނބުރާ އޮފީހަށް ވަޑައިގަތުމުން އޮފީހުން މަރުޙަބާ ކިޔަނީ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޙިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ނުވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން އުޅޭކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން މިނިސްޓަރ މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕީޖީ އޮފީހަށް ހުށައަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައަކީ އަދި ތަހުޤީޤު މަރުޙަލާވެސް ނުނިމޭ މައްސަލައެއްކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، މިފަދަ މައްސަލަތަކަކީ ރައްޔިތުންގެ މަސްލަޙަތާވެސް ގުޅުންހުރި މައްސަލަތަކަކަށްވާތީ، ދައުވާ ކުރާނަމަ ޕީޖީ އޮފީހުން މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް އެކަމުގެ ސާފު މައުލޫމާތު އޮޅުންފިލުވައިދޭނެ ކަމަށެވެ. އަދި ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި، ދޮގު ޚަބަރު ނުފެތުރުމަށްވެސް ޕީޖީ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައިގައި އިންސާފުވެރިކަން ދެއްކުމުގެ މަޤްސަދުގައި މިނިސްޓަރ މަހްލޫފް "ގުރުބާން ކުރަން" ނިންމާފައިވާ ކަމަށާއި، ޙިޔާނާތާ ގުޅިގެން ދައުވާ ކުރަނީ ވަކި ބަޔަކަށް ކަމަށްބުނެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯރޓްގައި އެސްއޯއެފް ކުންފުނިން ޑޮލަރު ގަތް މީހުންގެ ނަންތަކުގެ ތެރޭގައި، މިނިސްޓަރ މަހުލޫފުގެ ނަން އޮތުމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތިން މިނިސްޓަރ އޭރު ސަސްޕެންޑް ކުރެއްވިއެވެ.

އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި އެސްއޯއެފް ކުންފުނިން މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ކަމަށް ދައްކައެވެ. އެ ރިޕޯޓްގައި މަޚްލޫފްގެ ނަންފުޅު އޮތުމުން، އެކަމާ ގުޅޭ ގޮތުން ރިޕޯޓް އާއްމުވި ދުވަހު މަޚްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ވެސް އަދި އެހެން ވެސް ކޮރަޕްޝަންގެ ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އޭރު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން މަހުލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމާލެތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރީއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. މަހްލޫފް ވަނީ 33000 ޑޮލަރަށްވާ ދިވެހި ފައިސާ (508،860ރ.) އެސްއޯއެފް އަށް ލިބުނު ކަމަށް އެ ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ސްލިޕެއް ވެސް ޓްވީޓްކުރައްވާފައެވެ. އޭރު 2 މަހަށް ފަހު މަހުލޫފުގެ ސަސްޕެންޝަން އުވާލައި، އަލުން ރަސްމީ މަސައްކަތަށް ނުކުމެވަޑައިގަތުމަށް ވަނީ އަންގަވާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު