Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެންޒާނިއާގެ ކުރީގެ ރައީސް ބެންޖަމިން ކާޕާ

ޓެންޒާނިއާގެ ކުރީގެ ރައީސް ބެންޖަމިން ކާޕާ އަވަހާރަވެއްޖެ

އަވަހާރަވެފައިވަނީ އުމުރުފުޅުން 81 އަހަރުފުޅުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖުލައި 2020 | ހުކުރު 14:41
ޓެންޒާނިއާގެ ކުރީގެ ރައީސް ބެންޖަމިން ކާޕާ- ކާޕާ އުފަންވެވަޑައިގަތީ 1938 ވަނަ އަހަރު

ޓެންޒާނިއާގެ ކުރީގެ ރައީސް ބެންޖަމިން ކާޕާ- ކާޕާ އުފަންވެވަޑައިގަތީ 1938 ވަނަ އަހަރު

ޓެންޒާނިއާގެ ކުރީގެ ރައީސް ބެންޖަމިން ކާޕާ އުމުރުފުޅުން 81 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކާޕާ އަވަހާރަވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ދާރުއްސަލާމުގެ ހަސްފަތާލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ ޓެންޒާނިއާގެ 3 ވަނަ ރައީސް ކާޕާއަކީ 1995ން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކާޕާއަކީ އެ ޤައުމުގެ ސަރަޙައްދީ އަމާންކަން ޤާއިމު ކުރުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެއްކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

ހުކުރު ދުވަހު ޓެންޒާނިއާގެ މިހާރުގެ ރައީސް ޖޯން މެގްފުލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކާޕާއަކީ ޤައުމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، ޤައުމުގެ އިޤްތިސާދު ބިނާ ކުރުމުގައިވެސް އިސް ރޯލެއް އަދާ ކުރެއްވި ކަމަށެވެ. އަދި ކާޕާ އަވަހާރަވުމާއި ގުޅިގެން ޓެންޒާނިއާގައި 7 ދުވަސް ވަންދެން ބައިދަނޑިއަށް ދިދަ ތިރިކޮށް، ހިތާމަ ފާޅު ކުރުމަށް މެގްފުލީ ވަނީ ނިންމަވާފައެވެ.

1938 ވަނަ އަހަރު ފަޤީރު އާއިލާއަކަށް އުފަންވެވަޑައިގަތް ކާޕާ ވަނީ ބުރަ މަސައްކަތްޕުޅުން ޔުގެންޑާއިން ޑިގްރީ ހާސިލު ކުރައްވައި، އެއަށްފަހު ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވަރސިޓީން އިތުރަށް ތައުލީމު ހާސިލު ކުރައްވާފައެވެ. އެއަށްފަހު ޓެންޒާނިއާގެ ފުރަތަމަ ރައީސް ޖޫލިއަސް ނިރޭރޭގެ ޕްރެސް ސެކެޓްރީއެއްގެ މަޤާމު ފުރުއްވުމުގެ ކުރިން ކާޕާ ވަނީ ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

އޭގެ އިތުރުންވެސް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައިވެސް ގިނަ މަޤާމުތަކެއް ފުރުއްވާފައިވާއިރު، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު