Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލިސް

އެމްޑީޕީއަށް ލިބޭ ފައިސާގެ 50 އިންސައްތަ ދާއިރާތަކަށް ބެހުމަށް ނިންމައިފި

އިސްލާހާއި އެކު ރިޕޯޓު ފާސްވެގެންދިޔައީ 52 މެމްބަރުންގެ ވޯޓާއިއެކު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 ޖުލައި 2020 | ބުރާސްފަތި 23:21
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ދައުލަތުގެ ބަޖެޓުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބޭ ފައިސާގެ 50 އިންސައްތަ، ދާއިރާތަކަށް ބެހުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ މިންވަރެއް ދާއިރާތަކަށް ދިނުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ހުށައަޅާފައިވާ ގަރާރު ދިރާސާކޮށް، ގައުމީ މަޖިލީހުގެ ފަސް މެމްބަރުންގެ ކޮމިޓީއާއި ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީން ގުޅިގެން އެކުލަވާލި ރިޕޯޓު ހުށައަޅާފައެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގާއި ވަނީ ދައުލަތުން ޕާޓީއަށް ލިބޭ ފައިސާގެ ތެރެއިން ދާއިރާތަކަށް ބަހާ މިންވަރާއި އެ ދާއިރާތަކުން ފައިސާ ހަރަދުކުރަމުން ގެންދާނެ ގޮތްތައް ކަނޑައަޅާފައެވެ. އެގޮތުން ކޮމިޓީން ނިންމާފައިވަނީ ދައުލަތުން ޕާޓީއަށް ލިބޭ ފައިސާގެ 50 އިންސައްތަ ދާއިރާތަކަށް، އަދި އަނެއް 50 އިންސައްތަ ޕާޓީގެ މައި އޮފީސް ހިންގުމަށް ބޭނުންކުރުމަށް ނިންމާފައެވެ.

ކޮމިޓީން ވަނީ ދާއިރާއަށް ލިބޭ 50 އިންސައްތަ އެ ދާއިރާތަކުގެ ރަށްތަކަށް ބެހުމުގައި އަމަލުކުރާނެ އުސޫލެއްވެސް ކަނޑައަޅާފައެވެ.

ކޮމެޓީން ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދޫކުރުމުގައި މިހާރު އެކައުންޓު ހުޅުވާފައިހުރި ދާއިރާތަކަށް ލިބޭ ފައިސާ އެ އެކައުންޓުތަކަށް ޖަމާކޮށް އަދި އެކައުންޓު ހުޅުވިފައިނުވާ ދާއިރާތަކުގެ ފައިސާ އެ ފަރާތްތަކަށް ކަނޑައެޅިފައިވާ މިންވަރު ހާމަކޮށް، ދާއިރާތަކަށް އަންގާ، ޕާޓީގެ ބެލުމުގެ ދަށުގައި އެކައުންޓު ހުޅުވެންދެން ބެހެއްޓުމަށް ނިންމާފައެވެ.

އެހެންނަމަވެސް ރިޕޯޓުގެ މި ނުކުތާއަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިސްލާހެއް ހުށައެޅުއްވިއެވެ. މެމްބަރު ހުށައެޅުއްވި އިސްލާހުގައި ވަނީ އެކައުންޓު ހުޅުވިފައިނުވާ ދާއިރާތަކުގެ ފައިސާ އެ ފަރާތްތަކަށް ކަނޑައެޅިފައިވާ މިންވަރު ހާމަކޮށް، ދާއިރާތަކަށް އަންގާ، ޕާޓީގެ ބެލުމުގެ ދަށުގައި އެކައުންޓު ހުޅުވެންދެން ބެހެއްޓުމުގެ ބަދަލުގައި ކޮންމެ ދާއިރާއެއްގެ ނަމުގައި ބެންކް އޮފް މޯލްޑިވްސްގައި ބޭންކު އެކައުންޓެއް ހުޅުވައި ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާގެ ތެރެއިން ދާއިރާއަށް ދޫކުރާ ފައިސާ އެ އެކައުންޓަށް ޖަމާކުރުމަށެވެ. އަދި އެ އެކައުންޓު ހުޅުވުމަށް ޕާޓީގެ އޮފީހުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މި އިސްލާހާއިއެކު ރިޕޯޓު ފާސްވެގެންދިޔައީ ހާޒިރުވެވަޑައިގެން ތިއްބެވި 54 މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު