Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަދަލުދިނުމުގެ މައްސަލަ

އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވާ ރަށްރަށް ދޫނުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފި

އާންމު ޚިދުމަތްދިނުމާ ހަވާލުވާ ފަރާތްތަކަށް ޓޫރިސްޓް ރިސޯޓާއި ހޮޓާފަދަ ތަންތަން ތަރައްޤީކުރަން ދީގެން އެކަން ކާމިޔާބުވެފައި ހުރީ ވަރަށް މަދުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޖުލައި 2020 | ބުރާސްފަތި 13:39
މީގެކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އޮޑިޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވަނީ

މީގެކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އޮޑިޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވަނީ

ދަތުރުފަތުރުގެ ޚިދުމަތްފަދަ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތްތަކަށް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ރަށްރަށް ދޫނުކުރުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ލަފާދެއްވައިފި އެވެ.

އުތުރު ޕްރޮވިންސް ގައި ފެރީ ދަތުރުގެ ނިޒާމު ގާއިމުކޮށް ހިންގުމަށް 2010 ވަނަ އަހަރު ފެށި ޕްރޮޖެކްޓްގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއެކު މާލިއްޔަތު ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ އާންމު ޚިދުމަތްދިނުމާ ހަވާލުވާ ފަރާތްތަކަށް ޓޫރިސްޓް ރިސޯޓާއި ހޮޓާ ފަދަ ތަންތަން ތަރައްޤީކުރަން ދީގެން އެކަން ކާމިޔާބުވެފައި ހުރީ ވަރަށް މަދުންކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ ނިޒާމު ގާއިމުކޮށް ހިންގުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫޢުއާ ގުޅޭ ޚާއްސަ އޮޑިޓްގައި އިސްލާހުކުރުމަށް ހުށަހަޅާފައިވާ ލަފާގެތެރޭގައި އެކަން ހިމަނާފައިވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ މިމަޝްރޫޢަކީ ޑިޒައިން ފަރުމާކުރުމާއި މެނޭޖްކުރުމާއި އޮޕަރޭޓް ކުރުމުގެ ފައިނޭންސްއާ އެކީ ސަބްސިޑައިޒްވެސް ކުރެވޭނެގޮތަށް ރަށެއްވެސް ދޭގޮތަށް އެއާއެކީ ފެރީ ޓަރމިނަލް އާއި ގެސްޓް ހައުސް ހަދަން ފުރުސަތު ދީފައިވާ މަޝްރޫޢެއް ކަމަށެވެ. މިފަދަ އެއްބަސްވުންތަކުގައި ޚިދުމަތްދޭ ފަރާތުގެ މަސްލަހަތަށްވުރެ ދައުލަތުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީ ނިޒާމު ގާއިމުކުރުމަށް ދީބާޖާއާ ހަވާލުކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ދީބާޖާ އިންވެސްޓްމަންޓް އާއެކު ހެދި އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ރ.ކުޑަކުރަތު ވަނީ ދީބާޖާއަށް ދީފައެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ ފެރީގެ ޚިދުމަތް ދޭން ދީބާޖާ އެކު ވީ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ފެށުމުގައި ވެސް ދީބާޖާ އިން އަމަލުކުރަމުން އައީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި އެއީ ސަރުކާރުން ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ފުރިހަމަ ނުވެ އޮތުމުން ނޫން ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

އެއްބަސްވުމާއި އެއްގޮތަށް ޚިދުމަތްދެމުން ނުގެންދާކަމަށް ބުނެ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެއީ 2013 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

އެއްބަސްވުން ބާތިލްކުރުމާއެކު ދީބާޖާއިން ވަނީ 2.4 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެމައްސަލަ ސިވިލް ކޯޓުން ނިންމީ 348 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދިނުމަށެވެ.

ނަމަވެސް އެމައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ސިވިލް ކޯޓުގެ ދައުވާ ބާތިލްކުރިއެވެ. އެއާއެކު ދީބާޖާއިން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސްޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓިއެވެ.

އެއާއެކު މިސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށެވެ. ނަމަވެސް މިމައްސަލައިގައި އެކިފަރާތްތަކުން ކުރިމަތިވި ޕްރެޝަރތަކާ ހެދި ސަރުކާރުން އެނިންމުން ބަދަލުކޮށް އެހުކުމް ރިވިއުކޮށްދިނުމަށް ސްޕްރީމް ކޯޓުގައި މިހާރު ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު