Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ކުޅިވަރުގެ ކުރިމަގު

އަމަލާއި ބަހުން މަޙްލޫފް ސާބިތުކޮށްދެއްވަނީ ކުޅިވަރަކީ ކުޅިވަރެއް ނޫންކަން!

23 ޖުލައި 2020 | ބުރާސްފަތި 07:40

ރައީސް ޞާލިޙުގެ ކުޅިވަރާ ބެހޭ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރަށް ކުރަމުން ގެންދާ އިންވެސްޓްމެންޓްތައް އަންނަނީ ތަންފީޒުވަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 23 ޖުލައި 2020 | ބުރާސްފަތި 07:40
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ކުޅިވަރަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ އެއްވެސް ވަޒީރެއް، ސަރުކާރެއް، ރާއްޖެއަށް ނާދެއެވެ. ސަބަބަކީ، ކޭމްޕު ދަތުރުތަކާއި އަދި އެ ނޫންވެސް އެހެން ދަތުރުތަކުގައި ކުޅިވަރަށް ގައުމުތަކުން ކޮށްފައި އަދި ކުރަމުންދާ އިންވެސްޓްމެންޓްތައް ފެންނާން ހުރުމެވެ. ކުޅިވަރަކީ ސަމާސާއެއް ނޫނެވެ.

މިއަދުގެ ދުނިޔޭގައި އެއީ ފޫހިފިލުވަން ކުރާ ކަމެއްވެސް ނޫނެވެ. ކުޅިވަރަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް އިންވެސްޓް ކުރެވިގެން ކުރާ ވަރަށް ސީރިއަސް މަސައްކަތަކަށް ވަނީ ވެފައެވެ. ދިވެހި އެތުލީޓުންނާއި ކޯޗުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ޒަމާންތަކެއް ވަންދެން ވެފައިވަނީ ޒަމާނީ ފެސިލިޓީތައް ގާއިމުކުރެވިފައި ނެތުމެވެ. އިހު އޮތް ގޮތަށް ކަންކަން އޮތުމެވެ. ބަދަލު ގެންނަން މިކަމާއިގެން އުޅޭނެ މީހަކު އަދި ސަރުކާރެއްވެސް ލިބިފައިނެތުމެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މެނިފެސްޓޯގައި ދިވެހި ކުޅިވަރަށް އިންވެސްޓްކުރުން ހިމެނި، ތަންފީޒުވެގެންދާ މަންޒަރު މިދަނީ ފެންނަމުންނެވެ. މި ރާއްޖޭގެ ވެރިކަމަށް މިހާތަނަށް އައި ސަރުކާރުތަކުގެ ތެރެއިން ކުޅިވަރުގެ އެންމެ ބޮޑު، އަދި ވަރުގަދަ މެނިފެސްޓޯއެއް ހިމެނިގެންވަނީ ރައީސް ޞާލިޙުގެ ސަރުކާރުގައެވެ. ހާއްސަކޮށް ގައުމީ ޓީމުތަކަށް ކުރިއެރުމަށް ހުރި މުހިންމު ކަންތައްތަކެއް ހާސިލްވެގެންދާކަމީ ކުޅިވަރުގެ އާއިލާ ރައީސް ޞާލިޙުގެ ސަރުކާރާ މެދު ރުހި ގަބޫލުވެފައިވާ ސަބަބެވެ.

ގައުމީ ޓީމުތަކަށް ދެމުންއައި އެލަވަންސް އެއްވަރުކުރުމާއި، އަންހެން ފިރިހެން ގިންތިކޮށް ދެމުންއައި އެލަވަންސް އެއްވަރުކުރުމާއި، އިނާމު ފައިސާއަށް ގެނައި ބަދަލަކީ މިއަދު ދިވެހި އެތުލީޓުން ކާމިޔާބަށް ވާސިލްވުމަށް އިތުރު ހިތްވަރެއްލާ އެއް ސަބަބޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. ވަކި ކުޅިވަރުތަކަށް ބިންތައް ކަނޑައަޅައި، ޒަމާނީ ފެންވަރަށް އެ ބިންތަކުގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ކުރެހުންތައް ވަޒީރު އަޙްމަދު މަޙްލޫފް އެ ގެންދަވަނީ އެސޯސިއޭޝަންތަކާއެކު ކުރައްސަވަމުންނެވެ. ރައީސް ޞާލިޙުގެ އިރުޝާދުފުޅާއެކު، ވަޒީރާއި ވަޒީރުގެ ޓީމުން ސާބިތުކޮށް ދެއްވަމުން ގެންދަވަނީ ކުޅިވަރަށް އިންވެސްޓް ކުރުމުގެ މުހިންމުކަން އަދުގެ ސަރުކާރަށް ވިސްނޭކަމެވެ. އަދި އެނގޭކަމެވެ.

ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ. އައިސް ބާތަކީ ބުރަ ޓްރެއިނިންއަކަށް ފަހު ލިބިފައި ހުންނަ ކުދި އަނިޔާތަކުގެ ރިކަވަރީއަށް އެންމެ ރަނގަޅުއެއް ފަރުވާ ކަމަށް ގިނަ މާހިރުން ދެކިވަޑައިގަންނަވައެވެ. މިއަދާ ހަމައަށް، ރައީސް ޞާލިޙުގެ ސަރުކާރުން އައިސް ބާތު ރިކަވަރީ ފެސިލިޓީއެއް ގާއިމުކުރުމާ ހަމައަށް ދިވެހި އެތުލީޓުން އައިސް ބާތު ނަގަމުން އައީ ކަންނެލި ފޮއްޓާއި، ކުޑަކުދިންގެ އިންފްލޭޓަބަލް ޕޫލް ފަދަ ތަކެތީގެ ތެރެއަށް އައިސް އަޅައިގެންނެވެ. އެކަމަކު އެ ދުވަސް މާޒީއަށް އެ ދިޔައީއެވެ. ރަނގަޅު ފެންވަރުގެ ޒަމާނީ ފެސިލިޓީއެއް މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށް އެ ނިމުނީއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ ހަމައެކަނި ކުޅިވަރު ކުޅުވުމެއް ނޫނެވެ. ކުޅިވަރަކީ ކުޅިވަރެއް ކަމަށް ނުދެކެއެވެ. ވަޒީރު އަޙްމަދު މަޙްލޫފް އެ ގެންދަވަނީ އެކަން އަމަލާއި ބަހުން ސާބިތުކޮށް ދެއްވަމުންނެވެ. އެތުލީޓުންނާއި ކޯޗުންނާއި އެސޯސިއޭޝަންތަކާއި އަދި ބެލެނެވެރިންނާއި ވެސް އެހާ ގާތުންނެވެ. ކުޅިވަރުގެ އާއިލާގެ ފުރިހަމަ އިތުބާރު ވަޒީރަށް ލިބެނީ މިހެންވެއެވެ. ކުޅިވަރާއިގެން އުޅޭތީއެވެ. ކުޅިވަރު ސީރިއަސްކޮށް ނަގާތީކަން ޔަގީނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2020

އައިއޯއައިޖީ 2024 ވަނަ އަހަރަށް ލަސްކުރަން ޖެހިދާނެ: މަޙްލޫފް

16 އޯގަސްޓު 2020
އައިއޯއައިޖީ 2024 ވަނަ އަހަރަށް ލަސްކުރަން ޖެހިދާނެ: މަޙްލޫފް
15 އޯގަސްޓު 2020

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 35 މިލިޔަން ރުފިޔާ އުނިކުރި: މަޙްލޫފް

15 އޯގަސްޓު 2020
ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 35 މިލިޔަން ރުފިޔާ އުނިކުރި: މަޙްލޫފް
13 އޯގަސްޓު 2020

ކުޅިވަރު ހަލާކުކޮށްލަން އާޒިމަށް ފުރުސަތެއް ނުދޭނަން: މަޙްލޫފް

13 އޯގަސްޓު 2020
ކުޅިވަރު ހަލާކުކޮށްލަން އާޒިމަށް ފުރުސަތެއް ނުދޭނަން: މަޙްލޫފް
26 ޖުލައި 2020

މަޙްލޫފް ވިދާޅުވަނީ ޤާނޫނަކަށް ބަލާނެ ކަމެއް ނެތޭ: އާޒިމް

26 ޖުލައި 2020
މަޙްލޫފް ވިދާޅުވަނީ ޤާނޫނަކަށް ބަލާނެ ކަމެއް ނެތޭ: އާޒިމް
21 ޖުލައި 2020

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ބާއްވަން ސަރުކާރުން ޚަރަދެއް ނުކުރާނެ: މަޙްލޫފް

21 ޖުލައި 2020
އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ބާއްވަން ސަރުކާރުން ޚަރަދެއް ނުކުރާނެ: މަޙްލޫފް
21 ޖުލައި 2020

ޤާނޫނު އެނގިހުރެ މެންބަރު އާޒިމް ކަންތައް ކުރައްވަނީ ވަރަށް ހަޑިކޮށް: މަޙްލޫފް

21 ޖުލައި 2020
ޤާނޫނު އެނގިހުރެ މެންބަރު އާޒިމް ކަންތައް ކުރައްވަނީ ވަރަށް ހަޑިކޮށް: މަޙްލޫފް
12 ޖުލައި 2020

ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސް ދިނުމުގައި އުސޫލުތަކެއް އެކުލަވާލަންޖެހޭ: މަޙްލޫފް

12 ޖުލައި 2020
ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސް ދިނުމުގައި އުސޫލުތަކެއް އެކުލަވާލަންޖެހޭ: މަޙްލޫފް
08 އޮކްޓޯބަރު 2019

ކްލަބްތަކުގެ ޙާލަތު ދަށްވުމުގެ ޒިންމާ މަޙްލޫފް ނަގަންޖެހޭ : ޑޭވް

08 އޮކްޓޯބަރު 2019
ކްލަބްތަކުގެ ޙާލަތު ދަށްވުމުގެ ޒިންމާ މަޙްލޫފް ނަގަންޖެހޭ : ޑޭވް
16 އޮކްޓޯބަރު 2018

ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!

16 އޮކްޓޯބަރު 2018
ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް