Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސް ދިނުން

ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސް ދިނުމުގައި އުސޫލުތަކެއް އެކުލަވާލަންޖެހޭ: މަޙްލޫފް

"ބައެއް ގައުމީ ޓީމުތަކަށް އެއްވެސް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަނުކޮށް އެލަވަންސް ލިބޭ"

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ޖުލައި 2020 | އާދީއްތަ 14:45
ރާއްޖެ ޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ރާއްޖެ ޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސް ދިނުމުގައި ހާއްސަ އުސޫލުތަކެއް އެކުލަވާލަންޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރެއިން މި ސަރުކާރުން ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ތަފާތު ނައްތާލައި، ހުރިހާ ކުޅުންތެރިންގެ މުސާރަ 5،000 ރުފިޔާއަށް ހަމަޖައްސާފައެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މުޅި އަހަރު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަނުކޮށް ބައެއް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ލިބޭ ކަމަށާއި، އެހެންކަމުން އެލަވަންސް ދިނުމުގައި ހަމަހަމަވާ ގޮތަށް ހާއްސަ އުސޫލުތަކެއް އެކުލަވާލަންޖެހޭ ކަމަށެވެ.

ގައުމީ ޓީމުގެ 328 ކުޅުންތެރިންނަށް ސަރުކާރުން ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި އަންނަނީ ދެމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސް ދެމުންނެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ދިނުމުގައި އުސޫލުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއިރު، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ގައުމީ ޓީމުތަކުން ފަރިތަނުކުރާތީ މީގެ ކުރިން ވަނީ އެލަވަންސް ދިނުން ހުއްޓާލާފައެވެ. އެކަމަކު ފަހުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުޅުންތެރިންނާއެކު ވަޒީރު ކުރިއަށްގެންދެވި މަޝްވަރާތަކަށްފަހު އަލުން ވަނީ އެލަވަންސް ދޭން ފަށާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު