Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުން

އައިއޯއައިޖީ 2024 ވަނަ އަހަރަށް ލަސްކުރަން ޖެހިދާނެ: މަޙްލޫފް

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ކުރަން ނިންމި ވަރަށް ގިނަ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 13:39
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް: އައިއޯއައިޖީއަށް ކުރަން ހުރި މަސައްކަތްތައް ވަނީ މަޑުޖެހިފައި

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް: އައިއޯއައިޖީއަށް ކުރަން ހުރި މަސައްކަތްތައް ވަނީ މަޑުޖެހިފައި

2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) 2024 ވަނަ އަހަރަށް ލަސްކުރަން ޖެހިދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަޙްލޫފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ކުރަން ނިންމި ވަރަށް ގިނަ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، އެގޮތުން އައިއޯއައިޖީއަށް ތައްޔާރުވުމަށް ކުރަން ހުރި މަސައްކަތްތައްވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ކޮވިޑް-19 އާއެކު ވަރަށް ބައިވަރު ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި، އެގޮތުން 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ 2023 ވަނަ އަހަރު ގޭމްސް ބާއްވަން ކުރިން ރޭވިފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ހުރިހާ ކަމެއްވެސް އެއް އަހަރު ފަހަށް ދާތަން ފެންނަމުންދާ ކަމަށާއި، 2020 ވަނަ އަހަރަކީ ނާންނަ އަހަރެއް ފަދަ ކަމަށެވެ. އެހެންކަމުން އައިއޯއައިޖީ 2024 ވަނަ އަހަރަށް ނުވަތަ 2025 ވަނަ އަހަރަށް ލަސްކުރުމަށް ވިސްނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ނޫންނަމަ 2023 ވަނަ އަހަރުގެ ގޭމްސް އެހެން ގައުމަކަށް ދިނުމަށްފަހު، ދެން އޮންނަ ގޭމްސްއެއް ރާއްޖެއިން ހޯސްޓު ކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ. އެކަމަކު މިކަންކަމަށް ގޮތެއް ނިންމާނީ ކުޅިވަރު އެސޯސިއޭޝަންތަކާއި، އައިއޯއައިޖީ ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީން ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް މީގެ ކުރިން ވަނީ އައިއޯއައިޖީއަށް ކުރަންޖެހޭ މަސައްކަތް މިހާރު ދެ ގުނަވެފައިވާއިރު، ރާއްޖޭގައި ގޭމްސް ބާއްވާނަމަ އެކަން ކުރަންޖެހޭނީ 2023 ވަނަ އަހަރުގެ މާޗު ނޫނީ އެޕްރީލް މަހު ކަމަށާއި، ގައުމުގެ އިގުތިޞާދާއި މިހާރު މިއޮތް ވަގުތައް ބަލާއިރު، އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެނަމަ ލަލީގާއިން ވަކިވާން ޖެހިދާނެ: ބާސާގެ ރައީސް

ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެނަމަ ލަލީގާއިން ވަކިވާން ޖެހިދާނެ: ބާސާގެ ރައީސް

03 އޮކްޓޯބަރު 2017
2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

14 ސެޕްޓެމްބަރު 2017
އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި

އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި

29 މެއި 2017
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

03 މެއި 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު