Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަޙްލޫފް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން

ޤާނޫނު އެނގިހުރެ މެންބަރު އާޒިމް ކަންތައް ކުރައްވަނީ ވަރަށް ހަޑިކޮށް: މަޙްލޫފް

21 ޖުލައި 2020 | އަންގާރަ 07:20

"އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން"

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 21 ޖުލައި 2020 | އަންގާރަ 07:20
ކުޅިވަރާއި ބެހޭ ވަޒީރާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް: ވަޒީރު ވިދާޅުވީ އާޒިމް ކަންކުރައްވަނީ ހަޑިކޮށް ކަމަށް

ކުޅިވަރާއި ބެހޭ ވަޒީރާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް: ވަޒީރު ވިދާޅުވީ އާޒިމް ކަންކުރައްވަނީ ހަޑިކޮށް ކަމަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު ހުއްޓުވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވަޒިރު ހާޒިރުކުރިއިރު، މެންބަރުން ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތު ގަޑިއެއްހާއިރަށް ދެމިގެންދިޔައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ވަކި ގޮތެއް ނިމެންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެދޭ ކަމަށް މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ސިޓީއެއް ލިބުނު ކަމަށާއި، އެގޮތުން އެމަނިކުފާން އިޖުތިމާޢީ ކޮމިޓީން އެދުނު ގޮތަށް އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެދުނު ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބާ ގުޅިގެން އަމާޒު ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަކީ ޤާނޫނީ ގޮތުން އެސޯސިއޭޝަންގެ ކަންކަން ރޭވިފައިވާ ގޮތް އެންމެ ރަނގަޅަށް އެނގޭ ފަރާތް ކަމަށާއި، އެހެންނަމަވެސް ޤާނޫނާއި ޚިލާފަށް ވަޒީރު ލައްވާ އެކަންކަން ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި މިއަދު އާޒިމް ކުރައްވަން އުޅުއްވާ ކަންކަން ސިފަ ކުރެވެނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ވޯޓުލާން އުޅުމުން، ފުލުހުން ނިކުމެ އެކަން ހުއްޓުވި ގޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރަކަށް އެއްވެސް ޤައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބު ހުއްޓުވާ އިންތިޚާބަށް ބާރުފޯރުވޭނެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. އަދި އެކަން ކުރުމަށް ޤާނޫނުން ފުރުސަތު އޮތީ ސްޕޯޓްސް ކޮމިޝަނަރަށް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ނުހުއްޓުވީ ޤާނޫނާ ޚީލާފަށް އެކަން ނުކުރަން ވެގެން ކަމަށެވެ.

މީގެ ހަތަރު މަސް ކުރިން އެފްއޭއެމްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން އެއްވެސް މީހަކު ކުރިމަތިނުލާ، އޭގެ ހަތަރު މަސް ފަހުން ވަޒީރަކަށް ހުންނަ މީހެއްގެ ކައިރީ ބުނެގެން ފުލުހުން ފޮނުވައިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބު ހުއްޓުވުމަކީ ހަޑިކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެފްއޭމާ ދެކޮޅަށް ބައެއް ކްލަބުތަކުން މީގެ ކުރިން ކުރި ހަނގުރާމައިގެ ތެރެއަށް ވެންނެވި ކަމަށާއި، އޭގެ ފަހުން ވޮލީބޯޅައިގެ ތެރެއަށް ވަދެ އެކަންކުރި ނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް ވޮލީބޯޅަވެސް އޮތީ ވާނުވާ ނެނގި ކަމަށްވާއިރު، މިހާތަނަށް ކުރެވުނު ތަޖުރިބާ އަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއަށް ވަދެ، ހަލޮބޮލި ކުރުމުން ނުކުންނަ ނަތީގާ ގޯސްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވަޒިރު ހާޒިރުކުރިއިރު، މެންބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު ވަނީ ޖަވާބުދެއްވާ، ކުޅިވަރުގެ ދާއިރާގެ ހުރި ގިނަ ކަންބޮޑުވުންތަކެއް ސާފުކޮށްދެއްވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 މާރިޗު 2020

ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް ހިމެނޭ ވީޑިއޯއެއް ފީފާ އާއި ޑަބްލިއުއެޗްއޯއިން ނެރެފި

18 މާރިޗު 2020
ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް ހިމެނޭ ވީޑިއޯއެއް ފީފާ އާއި ޑަބްލިއުއެޗްއޯއިން ނެރެފި
05 ނޮވެމްބަރު 2019

އޭޝިއަން ޝޫޓިން ކޮންފެޑަރޭޝަނުގެ މެންބަރުކަމަށް މުޙައްމަދު ޒާހިރު!

05 ނޮވެމްބަރު 2019
އޭޝިއަން ޝޫޓިން ކޮންފެޑަރޭޝަނުގެ މެންބަރުކަމަށް މުޙައްމަދު ޒާހިރު!
20 މެއި 2019

މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ސޯލިހަށް އަރުވައިފި

20 މެއި 2019
މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ސޯލިހަށް އަރުވައިފި
14 މާރިޗު 2019

އެފްއޭއެމް އާއި ކްލަބްތަކާ ދެމެދު ހިނގި ''ހަނގުރާމައިގައި'' ނުރަނގަޅު ކަންތައްތައް ވަނީ ހިނގާފައި: އަލީ ވަހީދު

14 މާރިޗު 2019
އެފްއޭއެމް އާއި ކްލަބްތަކާ ދެމެދު ހިނގި ''ހަނގުރާމައިގައި'' ނުރަނގަޅު ކަންތައްތައް ވަނީ ހިނގާފައި: އަލީ ވަހީދު
26 ފެބުރުއަރީ 2019

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި

26 ފެބުރުއަރީ 2019
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި
29 އެޕްރީލު 2017

ރާއްޖޭ ފުޓުބޯޅަ ކުރިނާރާނެ ކަންތައްތައް ފެނިއްޖެ: ޓަވަރޭޒް

29 އެޕްރީލު 2017
ރާއްޖޭ ފުޓުބޯޅަ ކުރިނާރާނެ ކަންތައްތައް ފެނިއްޖެ: ޓަވަރޭޒް
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް