Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލަ

ރޭޕް ކޭސް އާ ގުޅިގެން މެންދުރު އޮންލައިނަށް މައުލޫމާތެއް ނުދެން، ޤާނޫނީ ފިޔަވަޅު އަޅާނަން: އާޒިމާ

23 ޖުލައި 2020 | ބުރާސްފަތި 06:21

މެންދުރު އޮންލައިން އިން ހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޖުލައި 2020 | ބުރާސްފަތި 06:21
ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު

ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މެންދުރު އޮންލައިންއަށް މައުލޫމާތު ނުދެއްވާ ކަމަށް ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރޭޕް ކޭސްގެ މައްސަލައިގައި މެންދުރު އޮންލައިންގައި ޝާޢިއު ކޮށްފައިވާ ލިޔުމަކީ އާޒިމާ ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށް އެއޮންލައިންއިން ބުނުމާއި ގުޅިގެން އެއަށް ރައްދުދެއްވާ އާޒިމާ ވިދާޅުވީ މެންދުރު އޮންލައިން އިން ހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި އެފަދަ އެއްވެސް ނޫހަކާއި ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވެފައި ވަނީ މެންދުރު އޮންލައިންއަށް އެކަމަނާ މައުލޫމާތު ދެއްވިނަމަ ދެއްވި ގޮތަކާއި ވާހަކަ ދެއްކި މީހަކު ހުންނަންވާނެ ކަމަށެވެ.

ރޭޕް ކޭސް އާ ގުޅޭގޮތުން އާޒިމާ މައުލޫމާތު ދެއްވި ކަމަށް ބުނެ މެންދުރު އޮންލައިންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އޮންލައިންގެ ފަރާތަކަށް ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޭކަނބަލަކު ބޭރުގެ އަންހެން ކުއްޖެއް ސަފާރީ އެއްގައި ރޭޕް ކޮށްގެން އުޅޭ ކަމަށާއި އަދި މިވާހަކަ މެންދުރު އޮންލައިން އަށް ސީދާ ވިކްޓިމްގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު ދެމުވެރިކޮށް ކުޑައިރުކޮޅެއްވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށް ބުނެ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް މިފަހުން މެންދުރު އޮންލައިން އިން ބެލި ބެލުމުން އެނގިގެންދިޔައީ، ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއް ނޫންކަމަށާއި މި މައްސަލަ ”ރޭޕް ކޭސް“ ގެ ގޮތުގައި، ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއް ތިބުމުން، މިކަން ސިޔާސީ ކޮށްލުމަށްޓަކައި އެ ނިޔަތުގައިކަން މެންދުރު އޮންލައިން އަށް ކަށަވަރުވެފައިވާ ކަަމަށް އެ އޮންލައިނުން ބުނެއެވެ.

އެހެންކަމުން މެންދުރު އޮންލައިން އަށް ބޮޑުއޮޅުވާލުމެއް އޮޅުވާލާ އަދި މެންދުރު އޮންލައިން މިފަދަ ސިޔާސީ ކަމެއްގައި ޖައްސާ އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ބަޔާނުގައި ވެއެވެ.

މެންދުރު އޮންލައިން އިން، އެ އެއާޓިކަލް ވާނީ ނަގާފައިވާ ކަމަށާއި މިކަމުގައި ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެބާރުލުން މެންދުރު އޮންލައިން އިން ދޭނެކަމާއި އަދި ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ވާހަކަތަކަކީ މިއަށްވުރެ ރަނގަޅު ނިޒާމެއްގެ ދަށުން ކުރެވޭނެ ކަމެއްކަމުގައި ދެކޭތީ، އެކަންކަން އިސްލާހު ކުރާނެ ވާހަކަ ކިޔުންތެރިންނަށް ޔަޤީންކޮށް އަރުވާ ކަމަށް ބަޔާނުގައިއެވެ.

މި މައްސަލާގައި ވިކްޓިމްއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ މެންދުރު އޮންލައިންއަށް އޭނާ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ.

މެންދުރު އޮންލައިން އަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ނޫހެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް