Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމިރޭޓްސްގެ ދަތުރުތައް ފެށުން

އެމިރޭޓްސްއިން އިން ރާއްޖެއަށް ދަތުރު ކުރާ ފްލައިޓްތައް އިތުރުކުރަނީ!

ފަތުރުވެރިންގެ ޑިމާންޑްއަށް ބެލުމަށްފަހު ރާއްޖެއަށް ހަފްތާއަކު ހަ ދަތުރު ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖުލައި 2020 | ބުރާސްފަތި 03:07
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފުރަތަމަ ރާއްޖެ އައި އެމިރޭޓްސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފުރަތަމަ ރާއްޖެ އައި އެމިރޭޓްސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި

ދުނިޔޭގެ އުދުހުންތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް އެއަރލައިން އެމިރޭޓްސްއިން ރާއްޖެއަށް ދަތުރު ކުރާ ފްލައިޓްތައް އިތުރުކުރުމަށް ނިންމައިފިއެވެ.

އެމިރޭޓްސްއިން ބުނީ ފްލައިޓްތައް އިތުރުކުރަން ނިންމާފައިވަނީ ކަސްޓަމަރުންގެ ޑިމާންޓް ބޮޑުވުމުން ކަމަށާއި ކުރިން ހަފްތާއަކު ފަސް ފަހަރު ރާއްޖެއަށް ދަތުރުތައް ބޭއްވި ނަމަވެސް އޮގަސްޓް 4 ވަަނަ ދުވަހުން ފެށިގެން ހަފްތާއަކު 6 ފަހަރަށް ދަތުރުތައް ކުރާނެ ކަމަށެވެ.

އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން ނިންމާފައިވާއިރު އެއަރލައިނުން ވަނީ ސީޝެލްސްގެ ބޯޑަރުތައް ހުޅުވާލުމާއެކު 1 އޮގަސްޓުން ފެށިގެން އެ ޤައުމަށް ވެސް އަލުން ދަތުރު ފެށުމަށް ނިންމާފައެވެ. އެގޮތުން ސީޝެލްސްއަށް ހަފްތާއަކު ފަސް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމިރޭޓްސްއިން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން އެމިރޭޓްސްގެ ދަތުރުތައް ހުއްޓާލުމަށްފަހު، އެކުވެރި އަރަބި އިމާރާތުގެ ދަތުރުވެރިންނަށް އަލުން ދަތުރުތައް ފަށާފައިވަނީ ޚާއްސަ ޑިސްކައުންޓްތަކާއެކުއެވެ. އެގޮތުން ސީޝެލްސް އަދި ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީތަކަށް ދާ ފަރާތްތަކަށް ޚާއްސަކޮށް ''ގްރީޓް ހޮލިޑޭ ޕެކޭޖް'' އެއްވަނީ ތައާރަފު ކޮށްފައެވެ. އަދި ކުރިއާލާ 199 ދިރްހަމް ދެެއްކުމަށްފަހު ހޮލިޑޭ ޕެކޭޖް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ވީޑިއޯ އެޕޮއިންޓްމަންޓް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަަމަށެވެ.

އެމިރޭޓްސް އިން އިތުރަށް ބުނީ ކޮވިޑް-19 ގެ މި ހާލަތު އެކި ސަބަބުތަކާ ހެދި ހުރެ ދަތުރުތަކަށް ބަދަލު އައި ފަސިންޖަރުންގެ ޓިކެޓްގެ މުއްދަތު 24 މަހަށް ދެމިގެންދާނެ ކަަމަށާއި އެ ފަރާތްތަކަށް އަލުން ދަތުރުތައް ބުކް ކުރެވޭނެ ކަަމަށެވެ.

އެމިރޭޓްސް އެއަރލައިނުން އަލުން ދަތުރުތައް ފެށިއިރު ފަސިންޖަރުންނާއި އަދި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެ އެއަރލައިނުން ދަތުރު ކުރާ ކޮންމެ ފަސިންޖަރަކަށް ހިލޭ ހައިޖީން ކިޓެއް ދޭނެ ކަމަށާއި މި ކިޓްތަކުގައި މާސްކް، އަންގި، ހޭންޑް ސެނެޓައިޒަރ އަދި އެންޓި ބެކްޓީރިއަލް ވައިޕްސް ހިމެނޭ ކަމަށް އެމިރޭޓްސް އިން ބުންޏެވެ.

އެމިރޭޓްސް އެއަރލައިނުން އަންނަނީ ދުނިޔޭގެ 60 މަންޒިލަކަށް ދަތުރު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު