Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެދު ރާސްތާގެ ފިޔަވަޅުތައް

އިޤްތިޞާދު އާރާސްތު ކުރުމަށް މެދު ރާސްތާގައި އަޅާނެ ފިޔަވަޅުތަކާއި މެދު ރައީސް މަޝްވަރާ ކުރައްވައިފި

މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް ފޯރުކޮށްދޭ އެހީތެރިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖުލައި 2020 | ބުދަ 17:47
އިޤްތިޞާދު އާރާސްތު ކުރުމަށް މެދު ރާސްތާގައި އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ރިޔާސަރު ރައީސް ބަލަހައްޓަވަނީ

އިޤްތިޞާދު އާރާސްތު ކުރުމަށް މެދު ރާސްތާގައި އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ރިޔާސަރު ރައީސް ބަލަހައްޓަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގ އެންޑް އިކޮނޮމިކް ރިކަވަރީ" އާއި ބައްދަލުކުރައްވައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރަގަނެ، އިޤްތިޞާދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާއިމެދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ ބުދަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެންބަރުންގެ މަޝްވަރާ އަށް ދެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މި ގޮތުން ހުށަހެޅުއްވި ފުރަތަމަ ޕްރެޒެންޓޭޝަންގައި، ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ޚިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް މި ޕްރެޒެންޓޭޝަންގައި ހިމަނުއްވާފައިވެއެވެ. މި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެމްބަރުންވަނީ، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ވާރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އިން ދެވަނައަށް ހުށަހަޅުއްވާފައިވަނީ ސިންދަފާތުވެފައިވާ އިޤްތިޞާދެއްގައި ދަނޑުވެރިކަމުގެ ދައުރު އިތުރަށް ފުޅާކޮށް، ދަނޑުވެރިކަމަކީ އިޤްތިޞާދުގެ މުހިންމު ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެކެވެ. މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެމްބަރުން ވަނީ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާރކެޓްކޮށް ވިއްކުމާއި، ސަޕްލައި ޗެއިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ މަސައްކަތްތައް ހަލުވި ކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން، މި ސިނާޢަތް ތަރައްޤީ ކުރުމުގައި ދަނޑުވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާއިމެދު ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު