Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފްކޯ އަދި ޕޮލްކޯ ފްލެޓު

ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އަޅަމުންދާ ފްލެޓުތަކާއި ގުޅިގެން ހުށައެޅި މައްސަލަ ކޮމިޓީއަށް

މިއަދާ ހަމަޔަށް ވެސް ފްލެޓުތައް ނިމިފައި ނުވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 ޖުލައި 2020 | އަންގާރަ 09:49
މި މައްސަލަ ހުށައަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

މި މައްސަލަ ހުށައަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނާއި ޚާއްސަކޮށްގެން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އަޅަމުންދާ ފްލެޓު އެޅުމުގެ މަޝްރޫއު އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ ދިރާސާކުރުމަށް ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވައިފިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށައެޅުއްވި މި މައްސަލަ ކަމާބެހޭ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމަށް ހުށައެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއެވެ. މި ހުށައެޅުން ފެންނަ ކަމަށް 62 މެމްބަރުން ވޯޓުދެއްވިއެވެ.

Advertisement - newsAdvertisement

ސިފްކޯ އަދި ޕޮލްކޯ މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުންގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ތަރައްގީކުރަމުންދާ ތަނެއްކަން ފާހަގަކުރައްވާ މައްސަލަ ހުށައަޅުއްވަމުން ޔައުގޫބް ވިދާޅުވީ މިއަދާ ހަމަޔަށް ވެސް ފްލެޓުތައް ނިމިފައި ނުވާކަމަށެވެ. އަދި ބެލެވޭ ގޮތުގައި އަވަސް މުއްދަތެއްގައި އެތަންތަން ނިމޭނެކަމަކަށް ވެސް ގަބޫލުނުކުރެވޭ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ މި ފްލެޓުތައް ހަދަމުންގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމުގައި ވީނަމަވެސް ފްލެޓުތައް ލިބޭ ފުލުހުންނާއި ސިފައިން އެ ފްލެޓުތަކަށް ޑައުން ޕޭމެންޓްގެ ގޮތުގައި ފައިސާ ދައްކާފައިވާކަމަށެވެ.

މީގެ ތެރެއިން ބައެއް ސިފައިންނާއި ފުލުހުން މި ފައިސާ ދެއްކުމަށްޓަކައި ބޭންކުތަކުން ލޯނު ނަގާފައިވާއިރު އެ ފަރާތްތަކުން ނެގި ލޯނު ފައިސާ އަނބުރާ ދައްކަން ޖެހި، ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަން ޖެހިފައި ވުމުން އެކަން އެ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.

މި ފްލެޓުތައް ނިންމުމަށް ފަހު ހަވާލުކުރަން ދިން މުއްދަތު އެތައް ފަހަރަކު ލަސްވެ، 24 މަސް ދުވަސް ތެރޭގައި ނިންމުމަށް އޮތް މުއްދަތަށް މިހާރު އަށް އަހަރު ވުމަކީ ކަބްބޮޑުވާކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕޮލްކޯ އާއި ސިފްކޯއިން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ޕޭމެންޓުތައް ދެމުންދާއިރު އެ ފްލެޓުތައް ނިންމާފައިވާ ނިސްބަތަށް ވުރެ ދައްކާފައިވާ ފައިސާ އިތުރުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފްލެޓުތައް ނިމިފައިނުވާ ހަގީގީ ސަބަބު ސާފުވުން މުހިއްމު ކަމަށާއި މި ޕްރޮޖެކްޓު ލަސްވެފައިވާއިރު، ޕްރޮޖެކްޓުގެ ކުރީގެ ސަބް ކޮންޓްރެކްޓަރަށް ކޮންޓްރެކްޓުކޮށް އަދި އެ ކޮންޓްރެކްޓު ދަމަހައްޓާ ސަބަބެއްވެސް ސާފެއް ނުވާކަމަށެވެ. އަދި މި ޕްރޮޖެކްޓު ލަސްވުމުގައި ސަރުކާރުގެ ނުވަތަ، ޕޮލްކޯ އަދި ސިފްކޯގެ ދައުރެއް އޮތްތޯ ބަލާ، ރަނގަޅު ކުރަންޖެހޭ ކަމެއް އޮތް ނަމަ، އެކަމެއް ރަނގަޅުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މި ޕްރޮޖެކްޓަށް އަށް އަހަރުވެގެން ދިޔައިރު ނުނިމުނީ ކީއްވެގެންތޯ އާއި އެކަން ރަނގަޅުކުރަން އެއްވެސް ފިޔަވަޅެއް ނޭޅުނީ ކީއްވެގެންތޯ އާއި ޕޮލްކޯ އަދި ސިފްކޯއިން ފައިސާ ދައްކަމުންދަނީ ކޮން އުސޫލެއްގެ ދަށުންކަން ސާފުވާން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓަށް ޑިއުޓީ ފްރީކޮށް ތަކެތި އެތެރެކުރުމުގައި ޖާއިޒު ނޫން މަންފާއެއް އެއްވެސް ފަރާތަކަށް ލިބިފައިވޭތޯއާއި ސިފްކޯ އަދި ޕޮލްކޯގެ އިސްވެރިން އެކި ފަހަރުމަތިން ކޮންޓްރެކްޓަރުގެ ހަރަދުގައި ދަތުރު ކޮށްފައިވޭތޯ އާއި އެފަދަ ދަތުރެއް ކޮށްފައިވާނަމަ އެއީ ކޮން އުސޫލެއްގެ ދަށުން ކޮށްފައިވާ ދަތުރުތަކެއްތޯ ބަލައިދިނުމަށް ވެސް އެދިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު