Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފްކޯ އަދި ޕޮލްކޯ ފްލެޓު

ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އަޅަމުންދާ ފްލެޓުތަކާއި ގުޅިގެން މަޖިލީހަށް މައްސަލައެއް

މި މައްސަލައަށް ބަހުސް ކުރުމަށް 35 މެމްބަރު ވަނީ ވޯޓުދެއްވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 ޖުލައި 2020 | އަންގާރަ 07:28
މި މައްސަލަ ހުށައަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

މި މައްސަލަ ހުށައަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނާއި ޚާއްސަކޮށްގެން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އަޅަމުންދާ ފްލެޓު އެޅުމުގެ މަޝްރޫއު އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅުއްވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ހުށައަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

Advertisement - newsAdvertisement

އެގޮތުން، ސިފްކޯ އަދި ޕޮލްކޯ މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުންގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ތަރައްގީކުރަމުންދާ ތަނެއްކަން ފާހަގަކުރައްވާ ޔައުގޫބް ވިދާޅުވީ މިއަދާ ހަމަޔަށް ވެސް ފްލެޓުތައް ނިމިފައި ނުވާކަމަށެވެ. އަދި ބެލެވޭ ގޮތުގައި އަވަސް މުއްދަތެއްގައި އެތަންތަން ނިމޭނެކަމަކަށް ވެސް ގަބޫލުނުކުރެވޭ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ މި ފްލެޓުތައް ހަދަމުންގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމުގައި ވީނަމަވެސް ފްލެޓުތައް ލިބޭ ފުލުހުންނާއި ސިފައިން އެ ފްލެޓުތަކަށް ޑައުން ޕޭމެންޓްގެ ގޮތުގައި ފައިސާ ދައްކާފައިވާކަމަށެވެ.

މީގެ ތެރެއިން ބައެއް ސިފައިންނާއި ފުލުހުން މި ފައިސާ ދެއްކުމަށްޓަކައި ބޭންކުތަކުން ލޯނު ނަގާފައިވާއިރު އެ ފަރާތްތަކުން ނެގި ލޯނު ފައިސާ އަނބުރާ ދައްކަން ޖެހި، ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަން ޖެހިފައިވުމުގެ ވުމުން އެކަން އެ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.

މި ފްލެޓުތައް ނިންމުމަށް ފަހު ހަވާލުކުރަން ދިން މުއްދަތު އެތައް ފަހަރަކު ލަސްވެ، 24 މަސް ދުވަސް ތެރޭގައި ނިންމުމަށް އޮތް މުއްދަތަށް މިހާރު އަށް އަހަރު ވުމަކީ ކަބްބޮޑުވާކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕޮލްކޯ އާއި ސިފްކޯއިން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ޕޭމެންޓުތައް ދެމުންދާއިރު އެ ފްލެޓުތައް ނިންމާފައިވާ ނިސްބަތަށް ވުރެ ދައްކާފައިވާ ފައިސާ އިތުރުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފްލެޓުތައް ނިމިފައިނުވާ ހަގީގީ ސަބަބު ސާފުވުން މުހިއްމު ކަމަށާއި މި ޕްރޮޖެކްޓު ލަސްވެފައިވާއިރު، ޕްރޮޖެކްޓުގެ ކުރީގެ ސަބް ކޮންޓްރެކްޓަރަށް ކޮންޓްރެކްޓުކޮށް އަދި އެ ކޮންޓްރެކްޓު ދަމަހައްޓާ ސަބަބެއްވެސް ސާފެއް ނުވާކަމަށެވެ. އަދި މި ޕްރޮޖެކްޓު ލަސްވުމުގައި ސަރުކާރުގެ ނުވަތަ، ޕޮލްކޯ އަދި ސިފްކޯގެ ދައުރެއް އޮތްތޯ ބަލާ، ރަނގަޅު ކުރަންޖެހޭ ކަމެއް އޮތް ނަމަ، އެކަމެއް ރަނގަޅުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މި ޕްރޮޖެކްޓަށް އަށް އަހަރުވެގެން ދިޔައިރު ނުނިމުނީ ކީއްވެގެންތޯ އާއި އެކަން ރަނގަޅުކުރަން އެއްވެސް ފިޔަވަޅެއް ނޭޅުނީ ކީއްވެގެންތޯ އާއި ޕޮލްކޯ އަދި ސިފްކޯއިން ފައިސާ ދައްކަމުންދަނީ ކޮން އުސޫލެއްގެ ދަށުންކަން ސާފުވާން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓަށް ޑިއުޓީ ފްރީކޮށް ތަކެތި އެތެރެކުރުމުގައި ޖާއިޒު ނޫން މަންފާއެއް އެއްވެސް ފަރާތަކަށް ލިބިފައިވޭތޯއާއި ސިފްކޯ އަދި ޕޮލްކޯގެ އިސްވެރިން އެކި ފަހަރުމަތިން ކޮންޓްރެކްޓަރުގެ ހަރަދުގައި ދަތުރު ކޮށްފައިވޭތޯ އާއި އެފަދަ ދަތުރެއް ކޮށްފައިވާނަމަ އެއީ ކޮން އުސޫލެއްގެ ދަށުން ކޮށްފައިވާ ދަތުރުތަކެއްތޯ ބަލައިދިނުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް 35 މެމްބަރު ވަނީ ވޯޓުދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު