Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރޭޒްގެ އެޑްވައިޒަރަކަށް ކަސިއަސް

ފަސް އަހަރަށް ފަހު ކަސިއަސް އެނބުރި ރެއާލަށް

18 ޖުލައި 2020 | ހޮނިހިރު 12:10

ކަސިއަސް ރެއާލާ ގުޅުނީ އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އެޑްވައިޒަރެއްގެ ގޮތުން

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖުލައި 2020 | ހޮނިހިރު 12:10
އިކާ ކަސިއަސް އާއި ފްލޮރެންޓީނޯ ޕެރޭޒް: ކަސިއަސް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ރެއާލާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައި

އިކާ ކަސިއަސް އާއި ފްލޮރެންޓީނޯ ޕެރޭޒް: ކަސިއަސް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ރެއާލާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައި

ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސް ފަސް އަހަރަށް ފަހު އެނބުރި ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.

ކަސިއަސް ރެއާލާ ގުޅުނީ އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އެޑްވައިޒަރެއްގެ ގޮތުންނެވެ. ރެއާލްގައި 16 އަހަރު ހޭދަކުރުމަށްފަހު، 2015 ވަނަ އަހަރު ކަސިއަސް ރެއާލް ދޫކޮށްލީ އޭރުގެ ކޯޗު ހޯސޭ މޮރީނިއޯގެ އިތުރުން ކްލަބުގެ މެނޭޖުމަންޓާއި ޖެހުނު މައްސަލައަކަށް ފަހުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕެރޭޒްގެ އެޑްވައިޒަރުގެ މަގާމަށް ކަސިއަސް އައްޔަންކުރީ މުސްތަގުބަލުގައި ކަސިއަސްއަކީ ސްޕެއިންގެ ފުޓުބޯޅައިގައި ނުފޫޒު ގަދަ މީހަކަށް ވާނެތީ އާއި އޭނާ އަކީ ރެއާލްގެ ހާލަތު ދަންނަ މީހަކަށް ވުމުންނެވެ. މީގެ އިތުރުން ރެއާލުން އަންނަނީ އެކްލަބުގެ ލެޖެންޑުން، ކްލަބާ ގާތުން މަސައްކަތް ކުރުމަށް ފުރުސަތުތަކެއް ހުޅުވާލަމުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިއުލާންކުރި ކަސިއަސް، ކޮވިޑް-19 ގެ ސަބަބުން ކެމްޕެއިންކުރަން ވަގުތު ނުވާނެ ކަމަށް ބުނެ ފަހުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އުމުރުން 39 އަހަރުގެ ކަސިއަސް މިހާރު ކުޅެމުން އަންނަނީ ޕޯޗުގަލްގެ ޕޯޓޯއަށެވެ. މިދިޔަ އަހަރު މެއި މަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިއަސްއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދިއިރު، ދެ މަސް ފަހުން އަލުން ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، ފަހުން އޭނާ ކުޅުމުގައި އެއްކޮށް ބައިވެރިއެއް ނުވެއެވެ. އެކަމަކު ރަސްމީކޮށް އަދި ކުޅުން ހުއްޓާލިކަން ކަސިއަސް އިއުލާން ކޮށްފައެއް ނުވެއެވެ.

ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކަސިއަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އެޓީމުގެ ކެޕްޓަނެވެ. އަދި ކަސިއަސް ވަނީ ސްޕެއިންއާއެކު ދެފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލްއާއެކު ޖުމްލަ 19 ތަށި ހޯދާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް