Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓީން ވާން ނުޖެހޭ އުސޫލު

ޚިދުމަތްތައް ދިނުމަށް ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ އުސޫލެއް އާންމުކޮށްފި

16 ޖުލައި 2020 | ބުރާސްފަތި 14:46

ދަތުރުކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖުލައި 2020 | ބުރާސްފަތި 14:46
ރަށެއްގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މިފަދަ މަސައްކަތްތަކަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށް އުސޫލުގައިވޭ

ރަށެއްގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މިފަދަ މަސައްކަތްތަކަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށް އުސޫލުގައިވޭ

ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ދެވޭ އާންމު ޚިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރުމަށް ރަށްރަށަށްދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19އިގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ދެވޭ އާންމު ޚިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް (ޔުޓިލިޓީސް، މެއިންޓެނަންސް، އެކި ޕްރޮޖެކްޓް މަސައްކަތްތަކާ ގުޅޭއިންސްޕެކްޝަން ފަދަ) މެދުނުކެނޑި ފޯރުކޮށް ދިނުމަށް ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

މިއުސޫލުގެ މަގުސަދަކީ ކަރަންޓީނު ވުމުކާނުލާ މިފަދަ މަސައްކަތްކުރާ ފަރާތްތައް ކުރު މުއްދަތަކަށް ރަށް ރަށަށް ގޮސް މަސައްކަތްކުރުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާންކޮށް އަންގައިދިނުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަން ޖެހޭ މީހުން ދަތުރުކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭ ކަމަށާއި، ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދޭންޖެހޭ ކަމަށެވެ.

އެޗްޕީއޭއިން ހުއްދަ ދިނުމަށް ނިންމާފައިވާ ދާއިރާތަކަކީ ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް، ބޭންކްގެ ހިދުމަތްތައް، ވޯޓަރ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ޚިދުމަތްތައް، ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭން ޖެހޭ ޚިދުމަތްތައް، މެއިންޓަނެންސް މަސައްކަތްތައް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އިތުރުން އާއްމު ޚިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.

އެޗްޕީއޭގެ މިއުސޫލުގައި ޚިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރުމަށް ރަށްރަށަށް ދިއުމަށް ހުއްދަ ހޯދުމުގައި އަމަލު ކުރަންވީ ގޮތާއި، މަސައްކަތް ހިންގާ މުއައްސަސާގެ ޒިންމާ އަދި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ގޮތް ކަނޑައަޅާފައިވެއެވެ.

މިއުސޫލުގައި ރަށު ކައުންސިލުގެ ޒިންމާ ކަނޑައަޅާފައިވާއިރު، އާންމު ޚިދުމަތްތަކާއި މުހިންމު މަސައްކަތްތައް ކުރުމަށް މާލެއިން ރަށްރަށް ދާ މީހުންނަށް މަސައްކަތްތައް ކުރުމަށް މަގުފަހި ކޮށްދޭން ޖެހެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް