Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓް

ފްލެޓާ ގުޅޭ ގޮތުން މުއިއްޒު ދޮގު ހެއްދެވިކަން ކޮމެޓީއަށް ހާމަވެއްޖެ

ރިސްކު ވެލިޔު އެޑްނުކޮށްވެސް، މަހަކު 6849ރ ޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 ޖުލައި 2020 | ބުރާސްފަތި 10:05
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، އަޅާފައިވާ، ފްލެޓްތަކުގެ އަގާއި ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ހައްދަވާފައިވާކަން، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒުގެ އިތުރުން، މި ސަރުކާރުގެ ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެެއްވިއިރު، މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ، 25 ބުރީގެ 16 ޓަވަރުގެ މަޝްރޫއުއަކީ އޭނާގެ ބެލުމުގެ ދަށުން ހިންގާފައިވާ މަޝްރޫއެއް ނޫން ކަމަށެވެ. ނަމަވެސް ހިޔާ މަޝްރޫއުގެ ފްލެޓެއްގެ މަހު ކުލި 5،600ރ ކަމަށް ވިދާޅުވެފައިވާނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނާއި ރައީސް އޮފީހުން އޭރު ދީފައިވާ މައުލޫމާތު ތަކަށް ބިނާކޮށް، ވިދާޅުވެފައިވާ އަގު ކަމަށެވެ.

ކޮމެޓީގެ މެމްބަރުން ސުވާލު ކުރެއްވުމުން ވެސް މުއިއްޒު ވިދާޅުވީ، އެ އަގުގައި ފްލެޓް ދެވޭނެ ކަމަށާއި، އަދި ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވަނީ ވެސް ފިނިޝިންގއާއެކު އެ ފްލެޓްތައް ހަވާލު ކުރުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓަކަށް، އިމާރާތްކުރުމުގެ ޚަރަދާއި 20 އަހަރަށް ބަހާލައިގެން، ކޮންމެ މަހަކު ފައިސާ ދައްކާގޮތަށް، 6 ޕަސެންޓްގެ އިންޓަރެސްޓާއެކު ރިސްކް ވެލިޔު ނުކޮށްވެސް، މަހަކަށް 6،849ރ ޖެހޭ ކަމަށެވެ.

އަސްލަމްގެ އެ ވާހަކައަށް އެ ބައްދަލުވުމަށް ވަޑައިގެންނެވި އެޗްޑީސީން ސީނިއަރ މުވައްޒަފު ވެސް ވަނީ އަސްލަމް އެ ވިދާޅުވަނީ، ތެދު މައުލޫމާތު ކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވަނީ މަހަކު ފްލެޓަކަށް ދައްކަން ޖެހޭ އަގު، 7،000ރ ގައި ހިފެހެއްޓޭނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، އެބަސްވުމުގައި، އެތެރޭގެ ދޮރުތަކާއި، ޓައިލްސް ޖެހުމާއި، ފަންކާ އަދި ބޮކި ފަދަ ތަކެެއްޗާއެކު، ފިނިޝިންގ މަސައްކަތް ނުހިމެނޭތީ، މި ސަރުކާރުން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އެ މަސައްކަތް ނިންމުމަށް ވިސްނި ކަމަށެވެ. ނަމަވެސް، މިސަރުކާރުން ފަހުން ނިންމީ، މި ޕްރޮޖެކްޓަށް އިތުރު ލޯނެއް ނުނަގައި، އެއްބަސްވުމުގައި އޮތްގޮތަށް ވީހާ ވެސް އަވަހަކަށް ނިންމުމަށް ކަމަށެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ (6.692 ބިލިއަން ރުފިޔާ) ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެޓެކެވެ. މިއީ އެ ހައުސިންގ ލޯނުގެ ސީދާ އަދަދުން 7000 ފްލެޓަށް ބަހާލާނަމަ، ފްލެޓަކަށް 62،000 ޑޮލަރު ނުވަތަ 956،040 ރުފިޔާގެ ރޭޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ، މުޅި ޓަވަރުގައި ޔުނިޓްތައް ނުވަތަ ފްލެޓް ހަދައިގެން ރައްޔިތުންނަށް އެތަންތައް ދިނުމުގެ ބަދަލުގައި، އެތަންތަނުން ރައްޔިތުންނަށް ލިބެންޖެހޭ ހިދްމަތްތައް ވެސް ލިބިދޭ ގޮތަށް ފްލެޓްތައް ދޫކުރުމަށެވެ. އެގޮތުން، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ 7000 ފްލެޓްގެ ބަދަލުގައި 6720 ފްލެޓް ދިނުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ، ފިހާރަތަކަށާއި ބުކްޝޮޕްތަކަށާއި ސެކިއުރިޓީއާއި ކުނި މެނޭޖް ކުރުމާއި އިމާރާތުގެ މެއިންޓެނެންސް އަދި އިދާރީ ކަންކަމުގެ އިތުރުން، ގުރްޢާން ކްލާސްތައް ފަދަ ތަންތަން ހިންގުމަށް ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު