Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގައި އެއްވުންތައް ބޭއްވުން

އެއްވެ އުޅުމާއި ގުޅިގެން އަޅާފައިވަނީ 'ވަގުތީ' ފިޔަވަޅުތަކެއް: ސަރުކާރު

ފުލާ ޖަމިއްޔާތަކަށް ސަރުކާރުން ވަނީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ޖުލައި 2020 | ބުރާސްފަތި 06:45
ރޭޕް އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ރޭޕް އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން

އެއްވެ އުޅުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާއި އެކު އަޅާފައިވާ 'ވަގުތީ' ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދެން ޖެހޭއިރު އެއީ މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން އެޅިފައިވާ ހުރަސްތަކެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތަށް، ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށެވެ.

Advertisement - newsAdvertisement

މާލޭގައި މިފަހަކަށް އައިސް ބާއްވާ އެއްވުންތައް ގިނައެވެ. އެގޮތުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކުން އަންނަނީ އެއްވުންތައް ބާއްވާ މިފަދަ މައްސަލަތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ގޮވާލަމުންނެވެ. ދާދިފަހުން ސަރުކާރުން ވަނީ މާލެސިޓީގައި އެއްވެސް ބާވަތެއްގެ އެއްވުންތައް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ބުނެ އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

ސަރުކާރުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ގައިދުރުކަން ބެހެއްޓުމަށާއި އެއްތަނެއްގައި އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގައި ކޮވިޑު ކޮންޓްރޯލްކުރުމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަން ފާހަގަކޮށް ސަރުކާރުން ވަނީ ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށްފަހު، އެމީހުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ފަރާތްތަކުން ނުރުހުން ފާޅުކޮށް މިހާރު މުޒާހަރާ ކުރަމުންދާއިރު، މި ސްޓޭޓްމެންޓުގައި ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން ވަނީ ފެއިލްވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މިހާރު ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ސަރުކާރުން ބުނީ ހަމަނުޖެހުން ހިންގުމަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ، އަޑުއުފުލާ ޖަމިއްޔާތަކަށް ސަރުކާރުން ވަނީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ކުރީ ސަރުކާރުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ވަނީ މި ސަރުކާރުން އުވާލާފައެވެ. އެއާއި އެކު އެއާއި އެކު ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތަކެއް ލިބި، އިންސާނީ ހައްގުތަކާއި ގުޅޭ މުއާހަދާތަކުގައި ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު