Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓްގެ މައްސަލަ

ފްލެޓް ލިބޭ ލިސްޓުގައި 9517 މީހުން، 2500 ފްލެޓު ވުޖޫދުގައި ނެތް!

ކުރީ ސަރުކާރުން ފްލެޓުތަކަށް ކުރިމަތިލުމަށް އިއުލާނުކޮށްފައިވަނީ 12 ކެޓަގަރީއަކަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 15 ޖުލައި 2020 | ބުދަ 13:24
7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް

7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އާއްމުކުރި ލިސްޓުގައި 9،517 މީހަކަށް ފްލެޓު ލިބޭނެ ކަމަށް އޮތް ނަމަވެސް، އޭގެތެރެއިން 2،500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ފްލެޓް ތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ.

ބުދަ ދުވަހު އޮތް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ފްލެޓު ކޮމެޓީން ވަނީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މައްސަލަ ގޮސްފައިވާ ހިސާބު ހިއްސާ ކޮށްފައެވެ.

ކުރީ ސަރުކާރުން ފްލެޓުތަކަށް ކުރިމަތިލުމަށް އިއުލާނުކޮށްފައިވަނީ 12 ކެޓަގަރީއަކަށެވެ. އެ 12 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ އަދަދުތަކުގެ ތަފްސީލް، ކޮމެޓީގެ މެމްބަރު ތޯހާ މުހައްމަދު ވަނީ ހިއްސާ ކުރައްވާފައެވެ.

މި 12 ކެޓެގަރީގެ ތެރެއިން އެއްކޮށް މަސައްކަތް ނިމިފައިވަނީ ހަ ކެޓެގަރީއެއްގެއެވެ.

އެ ކޮމެޓީން ބުނީ މާލެ ރަށްވެހިންނަށް ޚާއްސަ 2 ކޮޓަރީގެ ފްލެޓު ކެޓަގަރީގެ މަސައްކަތް މިމަހުގެ ނިޔަލަށް މުޅިން ނިމޭނެ ކަމަށެވެ. މީގެ އިތުރުން ތޯހާ ވިދާޅުވީ މިދިޔަ ސަރުކާރުގައި '2500 ފްލެޓު ލިސްޓެއް' އާއްމުވި ކަމަށެވެ. ނަމަވެސް ބެލި ބެލުމުން އެއީ ވުޖޫދުގައިވެސް ނެތް ފްލެޓުތަކެއްކަން ފާހަގަވާކަމަށެވެ.

ނިމިދިޔަ ސަރުކާރުން ފްލެޓު އެވޯޑުކޮށްފައިވާ ގޮތަށް ބަލާލާއިރު ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ 16 ޓަވަރުގެ 7000 ފްލެޓު ހުރި ނަމަވެސް '7000 ފްލެޓު ލިސްޓު'ގައި 7017 މީހުންނަށް ލިޔުން ލިބިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މިގޮތަށް ބަލާއިރު،މުޅި ޖުމްލަ 9517 ލިޔުމެއް ދޫކޮށްފައިވާކަން ފާހަގަވެފައިވާކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017 ގައެވެ. އެގްރީމެންޓްގައިވާ ގޮތުން، 730 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމަންޖެހެއެވެ. އެއީ ދެ އަހަރުގެ މުއްދަތެކެވެ.

އެހެންކަމުން މި ޕްރޮޖެކްޓް 19 ޑިސެމްބަރު 2019 ހުންނަން ޖެހޭނީ ނިމިފައެވެ. އެކަމަކު އަދިވެސް މި ޕްރޮޖެކްޓްގެ މަސައްކަތް މުޅިއަކުން ނުނިމެއެވެ. ނަމަވެސް މިހާރު 90 ޕަސެންޓް ނިމިފައިވާ ކަމަށް ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 16 ޓަވަރަށް ބޭރުން ބަލާލާއިރު ރީތި ގޮތެއް ހުރިނަމަވެސް އެއީ އުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ. އަދި ހާއްސަކޮށް، ފްލެޓްތަކުގެ ކޮޓަރިތަކުގެ ސައިޒު ކުޑަކަމާއި، ފާހަނާއާއި ލޯންޑަރީ ބައިގެ ޖާގަ ކުޑަކަމުންނާއި އެތަނުގައި ދިރިއުޅުމެއް، އުޅެން ބޭނުންވާ މީހުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު