Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޮޑްކޮމްއަށް ހުށަހެޅި މައްސަލަ

ރާއްޖެޓީވީއާ ދެކޮޅަށް ޕީޕީއެމުން ބްރޮޑްކޮމްއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ޕީޕީއެމުން ހާޒިރެއްނުވި!

15 ޖުލައި 2020 | ބުދަ 09:08

ރާއްޖެޓީވީން މި ޚަބަރު ގެނެސްދީފައިވަނީ ސައްހަ މައުލޫމާތު ހޯދުމަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖުލައި 2020 | ބުދަ 09:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ޔާމީންގެ ގެންދަވަނީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން)

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ޔާމީންގެ ގެންދަވަނީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން)

ރާއްޖެޓީވީއާ ދެކޮޅަށް ޕީޕީއެމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ޕީޕީއެމުން ހާޒިރެއް ނުވިއެވެ.

ރާއްޖެޓިވީއާ ދެކޮޅަށް ޕީޕީއެމުން ބްރޮޑްކޮމްއަށް ހުށަހަޅާފައިވާ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ދައްތާފުޅުގެ ޖަނަޒާގައި ބައިވެރިވެވަޑައިނުގެންނެވުމާއި ގުޅިގެން ރާއްޖެޓީވީން އެކަމުގެ ހަޤީޤަތް ހާމަކޮށް ލިޔުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ބުނެ ބްރޮޑްކޮމްއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން މި ޚަބަރު ގެނެސްދީފައިވަނީ ސައްހަ މައުލޫމާތު ހޯދުމަށްފަހު އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މި ޚަބަރާއި ގުޅިގެން ފަހުން ރިޕޯޓެއް ވެސް ގެނެސްދީފައިވާއިރު ރާއްޖެޓީވީން ގެނެސްދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއްކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ރައީސް ޔާމީން ދައްތާފުޅުގެ ޖަނާޒާއަށް، ރައީސް ޔާމީން ވަޑައިނުގެންނެވި ސަބަބު ސާފުކޮށް ދެއްވާފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެކަމުގެ ފޯނު ކޯލު ލިބުނު ހިސާބުން އެމަނިކުފާނު އިންނެވި ބައްދަލުވުން ހުއްޓާލައްވާފައި، ކަރެކްޝަންސްގެ ސީޕީއާއެކު އެކަމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދައްތާފުޅުގެ ޖަނަޒާއަށް ވަޑައިގަތުގެ އިންތިޒާމް ރައީސް ޔާމީނަށް ހަމަޖައްސަވައިދެއްވި ކަމަށެވެ. ނަމަވެސް ޖަނާޒާއަށް ގެންދަވާ ކަމުގައިވާނަމަ އަނބުރާ ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މި ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ބުނެ މައްސަލަ ޕީޕީއެމުން ހުށަހަޅާފައިވާއިރު ބުދަ ދުވަހު ރާއްޖެޓީވީގެ ފަރާތުން ބްރޯޑްކޮމްއަށް ވަޑައިގެންނެވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒުމީ ސައިދާއި، ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމާއި އަދި ރާއްޖެޓީވީގެ ޤާނޫނީ ވަކީލު މުއައްވިޒް ރަޝީދެވެ.

މި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ތެރެއިން ރާއްޖެޓީވީން ބްރޮޑްކޮމަށް ދިޔަ ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ބްރޮޑްކޮމަށް ހާޒިރުވެފައެއް ނުވެއެވެ.

އާންމު ގޮތެއްގައި ބްރޯޑްކޮމްއަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި އެ މައްސަލާގެ ބާވަތަށާއި މައްސަލާގައި ސައްހަކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ނުބަލާ ދޫކޮށްލުމުގެ އިހްތިޔާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.

އެހެންނަމަވެސް މި މައްސަލާގައި ކަންތައްތައް ސާފުވާން އޮތްއިރު ވެސް ބްރޯޑްކޮމުން ވަނީ މައްސަލަ ބަލަން ނިންމާފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބްރޮޑްކޮމަށް ހާޒިރުނުވުމާއި ގުޅިގެން ދެން މި މައްސަލާގައި ގޮތެއް ނިންމާނީ ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ކޮމިޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް