Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅުން ބިން ދޫކުރުން

ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް 1200 ބިން ދޫކުރާނެ: އަސްލަމް

ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި މިހާރުވެސް 5000އެއްހާ އާއިލާ އުޅެމުންދޭ: އަސްލަމް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 ޖުލައި 2020 | ބުދަ 08:56
މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުހައްމަދު އަސްލަމް

ގުޅީފަޅު ހިއްކުމަށްފަހު މާލޭގެ ރައްޔިތުންނަށް އެރަށުން 1200 ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި މިހާރު ވެސް 5000 އެއްހާ އާއިލާ އުޅެމުންދާ ކަމަށާއި ގުޅީފަޅުން 1200 ބިން ދޫކުރުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ހުޅުމާލޭގައި މިވަގުތު ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ނިމިފައި ހުރި ހައުސިންގް ޔުނިޓުތައް ވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ބައެއް ތަންތަނުގައި އެއްވެސް ބަޔަކު ދިރިއުޅެމުން ނުދާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއު ފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ޔުނިޓުތަކަކީ ވަކި ބަޔަކަށް ޚާއްސަކޮށްގެން އަޅާ ތަންތަނަށް ވީ ނަމަވެސް، އެ ފަރާތްތައް ނޫން މީހުންނަ ވެސް މި ތަންތަން ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ތަންތަނަކީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ތަންތަނަށް ވީ ނަމަވެސް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ފްލެޓްތައް ދީފައިވާކަމަށެވެ.

ގުޅީފަޅުގެ މަޝްރޫއު ފަށާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިޔަލަށެވެ. ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގައި ނިމުމަކަށް އައުމަށްފަހު އެތައް ދުވަހަކަށް ގުޅިފަޅުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިގެންދިޔަ އެވެ. މި ހުއްޓުމާއެކު ޢިމާރާތް ކުރަމުން އައި ފުލެޓުތަކުގެ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން އެއްބަސްވުން ބާޠިލުކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު