Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާސް އިންސްޕެކްޝަން

މާލެ ސަރަހައްދުގައި ހިންގި އިންސްޕެކްޝަންގައި 1475 ތަނެއް ބަލައިފި

15 ޖުލައި 2020 | ބުދަ 03:39

ހުރިހާ ކަމެއް ފުރިހަމަ ވެފައިވަނީ 1000 އެއްހާ ތަނެއްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 15 ޖުލައި 2020 | ބުދަ 03:39
މާލޭގެ މާރުކޭޓް ސަރަހައްދުގައި ހުރި ފިހާރައަކުން މީހުން ތަކެތި ގަންނަނީ

މާލޭގެ މާރުކޭޓް ސަރަހައްދުގައި ހުރި ފިހާރައަކުން މީހުން ތަކެތި ގަންނަނީ

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދިފައިވާ ޤާވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި މިހާތަނަށް 1475 ތަނެއް ބަލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވީ މިހިނގާ ޖުލައި މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދަންފެށި މި މާސް އިންސްޕެކްޝަންގައި 44 އިންސްޕެކްޓަރުން ބައިވެރިވެފައިވާ ކަމަށެވެ. ހަތަރު ދުވަހު އިންސްޕެކްޝަން ހިންގިފައިވާއިރު މިހާތަނަށް 1475 ތަނެއް ވަނީ ބެލިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭއާއި އެމްއެފްޑީއޭ، މާލެ ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، އެމްއާރުސީ، އެޗްޑީސީ އަދި ވެމްކޯ އާއި ގުޅިގެންނެވެ.

މާލެ އޭރިއާގައި ހިމެނޭ (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީ) ގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި، ސެލޫންތަކާއި، ބޯކޮށާ ތަންތަނާއި، ޖިމް އަދި އެކި ގޮތްގޮތަށް ހެދިފައިހުރި މާރުކޭޓްތައް ވަނީ ޗެކް ކުރެވިފައެވެ.

ޝަމާއު ވިދާޅުވީ ބެލިބެލުމުގައި ހުރިހާ ކަމެއް ފުރިހަމަ ވެފައިވަނީ 1000 އެއްހާ ތަނުގައި ކަމަށާއި، މެދުމިންގަނޑެއްގައި ގިނަ ތަންތަން ހުރި ކަމަށްވިޔަސް އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ ވަރަށް ގިނަތަންތަން ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

މީގެތެރެއިން ރަށުތެރޭގައި މާރުކޭޓްގޮތުގައި ހެދިފައި ހުރި ތަންތަން އެޗްޕީއޭގެ މިންގަނޑު ތަކަށް ވަރަށް ބޮޑަށް ނުފެތޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޚާއްސަކޮށް ބިދޭސީން ތިބޭ ތަންތަނުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ކަންކަން ހުރިކަމަށް ޝަމާއު ވިދާޅުވިއެވެ.

މިއިންސްޕެކްޝަންގައި އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ ގިނަ ފިހާރަތަކުގައި ތިބޭ ފަރާތްތަކަށް ކޮވިޑާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހޭލުންތެރިވެފައި ނެތްކަން ކަމަށެވެ.

ޝަމާއު ވިދާޅުވީ މިހާރު ނުބެލި ހުރީ ވަރަށް މަދު ތަނެއްކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި އިންސްޕެކްޝަން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް