އަތޮޅުތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ: އެޗްއީއޯސީ
15 ޖުލައި 2020 | ބުދަ 03:33އަތޮޅުތެރޭގައި 7 ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދޭ


އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވާހަކަދައްކަވަނީ
ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގައި ގާއިމްކުރާ ހުރިހާ ފެސިލިޓީތަކެއްގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަތޮޅުތެރޭގައި 7 ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެއީ 5 މެއިން ފެސިލިޓީއާއި ޓްރާންސިޓް 2 ފެސިލިޓީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ.މުހައްމަދު އިސްމާއީލް ވިދާޅުވީ ލ. އަތޮޅާ އަދި އައްޑު ސިޓީގައި ގާއިމް ކުރާ ފެސިލިޓީން ޚިދުމަތް ދެވޭވަރަށް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބޭނުންވާ ވަސީލަތްތަކުގެ އިތުރުން ޑޮކްޓަރުންނާއި، ނަރުހުން ވެސް ހަމަޖެހިފައިވާ ކަމަށެވެ.






