Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒީ ބާރީ މާލީ ބަޔާން އޮޅުވާލުން

ގާޒީ ބާރީ މާލީ ބަޔާން އޮޅުވާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ

ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތް ކަމުގެ ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2020 | ހޯމަ 18:35
ގާޒީ ބާރީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު- ގާޒީ ބާރީ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގައި

ގާޒީ ބާރީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު- ގާޒީ ބާރީ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގައި

ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފު މާލީ ބަޔާން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ޢަބްދުލް ބާރީ ޔޫސުފު ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް ފަހު، ވިޔަފާރިން މަންފާ ލިބިވަޑައިގެން އެކަމުގެ މައުލޫމާތު މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޖޭއެސްސީން ތަހުޤީޤު ކުރުމަށް މިދިޔަ ބުދަ ދުވަހު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މާލީ ބަޔާނުގައި އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ގާޒީ ބާރީގެ މައްޗަށް ކުރެވޭއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނަތްތެރިވި ފައިސާއިން މާލީ މަންފާ ހޯދިކަމަށް ބުނާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީގެ މައްޗަށް ޖިޏާއީ ތަޙުޤީޤެއް ހިންގޭ ވަރަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން އޭރު ޖޭއެސްސީން ވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފް ސަސްޕެންޑުވެސް ކޮށްފައެވެ.

ޖުވެނައިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހަމަޖެއްސެވުމުގެ ކުރިން ގާޒީ ބާރީ ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަންވެސް ކުރައްވާފައެވެ. އެގޮތުން އޭރު ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު