Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައުޓްޑޯރ ޖިމްތައް ހަވާލުކުރުން

ކަނީ ބިރިޔާނީއާ ތަންދޫރީ، ބަލަނީ ކަސޯޓީއާއި ދަރޭއާއި، އަމީތާބް އަދި ރޭކާ"

13 ޖުލައި 2020 | ހޯމަ 13:13

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިންޑިއާއާ އެކުގައި ގާތް ގުޅުމެއް ބޭއްވިދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2020 | ހޯމަ 13:13
އިންޑިއާއިން ރާއްޖެއަށް އައުޓްޑޯރ ޖިމްތައް ޙަވާލު ކުރުމަށް ޤައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އިންޑިއާއިން ރާއްޖެއަށް އައުޓްޑޯރ ޖިމްތައް ޙަވާލު ކުރުމަށް ޤައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރުގެ ގުޅުން ކުޑަވެގެންދާ ވަގުތުތަކުގައި ވެސް ދިވެހިން އިންޑިއާ އެކުގައި ހިއްސާކުރާ ސަޤާފަތްތައް ދޫނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތައް ރާއްޖޭގެ ސަރުކާރާ ޙަވާލު ކުރުމަށް ހޯމަ ދުވަހު ޤައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށެވެ. އަދި ބައެއް ފަހަރު ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރުގެ ގުޅުން ކުޑަވެގެންދާ ވަގުތުތަކުގައިވެސް އިންޑިއާ އެކުގައި ހިއްސާކުރާ ސަޤާފަތްތައް ދިވެހިން ދޫނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އިންޑިއާގެ މަޝްހޫރު އެކްޓަރ އަމީތާބް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ބައްޗަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އިސްލާމް ދީނާއި، ދިވެހިންގެ މިނިވަންކަން އަބަދުވެސް ދެމި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިންޑިއާއާ އެކުގައި ގާތް ގުޅުމެއް ބޭއްވިދާނެ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އިންޑިއާ ކަނޑުގެ އަހުލުވެރިންގެ ގޮތުގައި ވިސްނަން ޖެހޭ ވިސްނުންތަކަށް އިންޑިއާ ފަރިތަވާނެ ކަމުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.

އޭގެ އިތުރުން، މަސްވެރިކަމާއި، ދަތުރުފަތުރުގައި ރާއްޖޭގެ 25،000 އެއްހާ މީހުން އަބަދުވެސް އިންޑިއާ ކަނޑުގެ އައްސޭރީގައި އުޅޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ މިއަދު ތަރައްޤީވެ މުއްސަނދިވެފައިވާ ކަމަށާއި، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ފޯރުކޮށްދިނުމަށް އިންޑިއާގެ ތަރައްޤީއާ ގުޅެން ޖެހޭ ކަމަށެވެ. އަދި އެކަމަށް މިހާރުވެސް އަމާޒުހިފައި މަސައްކަތް ކުރައްވަމުން ގެންދާވަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އައުޓްޑޯރ ޖިމްތައް ހަދިޔާ ކުރެއްވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރެވެ. އަދި ރާއްޖޭގެ ފަރާތުން މި އެހީއާ ޙަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުއާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ޖިމްތަކުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހެއެވެ. އެގޮތުން ޖިމްތައް ގާއިމުކުރާނެ 61 ރަށެއް ކަނޑައަޅައި ކައުންސިލަށް ޖިމް ގާއިމްކުރަން ބޭނުންވާ ބިން ކަނޑައެޅުމަށް އޭރު ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
30 މާރިޗު 2017

ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް

30 މާރިޗު 2017
ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް
20 މާރިޗު 2017

މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ

20 މާރިޗު 2017
މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
05 މާރިޗު 2017

މިހާރު ބާޒާރުގައިހުރި "ތާޒާ" ފެނުގައި ފާ ރަހައެއް، އެމްއެފްޑީއޭ އިން މި މައްސަލަ ބަލަނީ

05 މާރިޗު 2017
މިހާރު ބާޒާރުގައިހުރި "ތާޒާ" ފެނުގައި ފާ ރަހައެއް، އެމްއެފްޑީއޭ އިން މި މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
01 ފެބުރުއަރީ 2017

ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ

01 ފެބުރުއަރީ 2017
ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް