Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓްރީގެ މައްސަލަތައް

އިސްތިއުފާ ދިން މުވައްޒަފު ޓޫރިޒަމް މިނިސްޓްރީއަށް ކޮށްފައިވާ ތުހުމަތުތައް މަޖިލީހުން ބަލަނީ

ރައީސް ނަޝީދު ވިދާޅުވީ އެސިޓީގައިވާ ކަންކަން އާންމު ކޮމިޓީން ބެލުމަށް އަންގާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2020 | ހޯމަ 10:42
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕްލޭނިން އޮފިސަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ޝަރުމާ

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕްލޭނިން އޮފިސަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ޝަރުމާ

ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންތަކެއް ބިރުދައްކާ ކަމަށް ބުނެ އެ މިނިސްޓްރީގެ ވަޒީފާއިން ވަކިވި އަންހެން މުވައްޒަފު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގެ ކަންކަން މަޖިލީހުގެ އާންމު ކޮމިޓީން ބެލުމަށް ރައީސް ނަޝީދު އަންގަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބައެއް ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބުނު ފުރައްސާރަ އާއި އަނިޔާތަކުގެ ސަބަބުން ކަމަށް ބުނެ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވީ ސީނިއާ ޕްލޭނިން އޮފިސަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ޝަރުމާއެވެ. ޝަރުމާ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަން ހާމަކޮށް ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެސިޓީގައިވާ ކަންކަން އާންމު ކޮމިޓީން ބެލުމަށް އަންގާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް ފޮނުވާފައިވާ އިސްތިއުފާގެ ސިޓީގައި ޝަރުމާ ބުނެފައިވަނީ އޭނާއާ މެދު ދުވަހަކުވެސް އަހުލާގީ ނުވަތަ އެނޫން ވެސް މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީގެ ބިއުރޯގެ މަސައްކަތްތައް ކުރަމުންދިޔަ ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގައި މިނިސްޓްރީން އެކުލަވާލި ޓާސްކް ފޯހުގައި ފެށުނީއްސުރެ މެދުކެނޑުމެއްނެތި ވޮލެންޓިއަރ ކޮށްދީފައިވާނެ ކަމަށެވެ. އެ ދުވަސްވަރު މިނިސްޓްރީގެ ސިޔާސީ މަގާމުގައި ތިބި ފަރާތްތަކުން އެކި ކަހަލަ ފުރައްސާރަ އޭނާއަށް ކޮށްފައިވާ ކަމަށެވެ.

އެ ސިޓީގައި މިދިޔަ އަހަރު އޮފީހުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ތިން މުވައްޒަފަކަށް ސްކޮލަރޝިޕް ދެއްވާފައިވާއިރު، ސްކޮލާޝިޕްގައި އެންމެ މަތިން މާރކްސް ހޯދުމަށްފަހު މިއަހަރު ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ތައްޔާރުވަމުން ދާކަމަށް ވެސް ބުނެފައިވެއެވެ.

އޭނާގެ ސިޓީގައި ބުނީ، މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނިކޮށް، ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވުނު ސްޓާފް މީޓިންގގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބު ކޮށްގެންނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަ ދައްކާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

ޝަރުމާގެ ސިޓީ ނިންމާލަމުން ބުނެފައިވަނީ މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކޮށް ދިނުމުގައި އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އެކަންކުރާނެ ކަމަށެވެ.

ވަޒީފާގެ މާހައުލުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދެއްވާ އެމުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވާ، ބޭއިންސާފު އަމަލު ކޮށްފައިވާ ފަރާތްތަކަށް އިސްނާސް ހޯދައިދެއްވާ އަދި މުވައްޒަފުންގެ ހައްގުތައް ރައްކައުތެރި ކޮށްދެއްވުމަށް އެދި މި މައްސަލަ ބަލައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ވެސް އޭނާ ވަނީ ސިޓީ ފޮނުވާފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރެވުނު ހިސާބުން ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އެގޮތުން ފުރަބަންދުގެ ހާލަތުގައި މިނިސްޓްރީގެ މުވައްޒަފުން ތިބި މާގިރި ހޮޓެލުގެ ތެރޭގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ބައެއް ކަންކަމުގައި މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު