Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންނާއި ގުޅޭ ކުއްލި މައްސަލަ

ބިދޭސީންގެ ހަމަނުޖެހުންތަކާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާތީވެ ކުއްލި މައްސަލައެއް ހުށަހަޅައިފި

މިމައްސަލަ ބަލައިގަތުމަށް 35 މެމްބަރުން ވޯޓު ދެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖުލައި 2020 | ހޯމަ 07:48
ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް

ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް

ގަވާއިދާ ޚިލާފަށް އެތެރެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާ މުދަލަށް ގެއްލުންދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުންދާތީ އެކަން ކުށްވެރިކުރުމުގެ ގޮތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުމާއެކު މައްސަލަ ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުން ވަނީ މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. މިމައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ދިވެހިރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރުމަށާއި ރާއްޖެއަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާ ގޮތް ބަލާ އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.

މިމައްސަލަ އަށް ބަހުސްކުރުމަށް ހުޅުވާލުމުގެ ކުރިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިކުއްލި މައްސަލައަކީ ބިދޭސީންނާއި ގުޅުންހުރި މައްސަލައެއް ކަމަށެވެ. އެހެންކަމުން މެމްބަރުން ވާހަކަ ދައްކަވާއިރު ބިދޭސީންނާއި ގުޅޭގޮތުން ބޭއަދަބީކޮށް ކުޑާމީސްކޮށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ހަލީމް ވިދާޅުވީ މިއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވުމަށްފަހު މަސައްކަތް ފެށިކަމަށާއި ނަމަވެސް ސަރުކާރު ބަދަލުވެގެންދިޔުމާއި ގުޅިގެން އެކަން މަޑުޖެހިފައި އޮތްކަމަށެވެ. އެއާއެކު ފާއިތުވި 7 އަހަރު މިމައްސަލަ ހައްދުން ނައްޓައިގެން ގޮސްފައިވާކަމަށް ހަލީމް ވިދާޅުވި އެވެ. ވަކިން ޚާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިމައްސަލަ ހައްދު ފަހަނައަޅައިގެން ދިޔަކަމަށް ހަލީމް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން އެތައް ބަޔަކު ގަވާއިދާ ޚިލާފަށް ރާއްޖެ ގެނެސްފިކަމަށް ހަލީމް ވިދާޅުވި އެވެ. އަދި މީގެ ނަތީޖާއަކަށް ވީ އެމެރިކާގެ ހިޔުމަން ރައިޓްސް ރިޕޯޓްގެ ތިން ވަނަ ކެޓަގަރީގައި ރާއްޖެ ހިމެނުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވުން ކަމަށް ހަލީމް ވިދާޅުވި އެވެ. އެރިޕޯޓްގައި ރާއްޖެ ހިމެނިފައިނެތީ އެމެރިކާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމުގެ ސަބަބުންނާއި އޮންނަ އިތުބާރުގެ ތެރެއިން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މިހިސާބަށް މިކަން އައުމުގައި އިމިގްރޭޝަން ހިންގުމަށް އެކި ދުވަސްވަރު ތިބި ވެރިންގެ އިހުމާލު އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ހަލީމް އިތުރަށް ވިދާޅުވީ މި ހާލަތުގެ ފައިދާ އިދިކޮޅު ފަރާތްތަކުން ނަގައިގެން އެމީހުންގެ ބޮލަށް އެރި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު